އިންޑިޔާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ޖައިޝަންކަރުގެ މި ދަތުރުފުޅަކީ ރާއްޖެއާއި ސްރީލަންކާއަށް ކުރައްވާ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓްރީއިން ވިދާޅުވީ މިއަދާއި މާދަމާ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އެންމެ އުތުރުގެ އަތޮޅުތަކަށެވެ.

އަދި ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެށުމަށް ހަނިމާދޫގައި މިރޭ ބާއްވާ ރަސްމިއްޔާތުގައިވެސް ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

އިންޑިޔާ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ވަނީ މީގެކުރިންވެސް ރާއްޖެ ވަޑައިގެންފައެވެ. އެންމެފަހުން އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިދިޔަ މާޗުމަހުއެވެ. އަދި އެ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ލަންކާއަށްވެސް ވަޑައިގެންފައެވެ.

އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެކެވެ. އެގޮތުން އިންޑިޔާގެ އެހީގައި މިހާރުވެސް ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން