އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންއަށް ހއ.އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހދ. އަތޮޅަށް ވަޑައިގެންފިއެވެ.

ހދ.އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ރައީސް ސާލިހު ފުރަތަމަ ވަޑައިގެންނެވީ ހދ. ކުރިނބީއަށެވެ. ކުރިނބީއަށް ވަޑައިގަތުމުން އެ ރަށުން ރައީސް ސާލިހުއަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.



އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންއަށް ރައީސް ސާލިހު ހދ.އަތޮޅަށް ވަޑައިގެންނެވީ ހއ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.

ހދ.އަތޮޅަށް ރައީސް ސާލިހު ކުރައްވާ ދަތުރުފުޅުގައި ހދ. ހަނިމާދޫ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމަށް މިރޭ ހަނިމާދޫގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން