ޅ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްއަކާއި ގއ. ގެމަނަފުށީގައި އައިސް ޕްލާންޓެއް ގާއިމްކުރުމަށް އިންޑިއާގެ، ރައިނެކް ކުންފުންޏާއި ހަވާލުކުރަން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޅ. ފެލިވަރުގައި ކޯލްޑް ސްޓޯރޭޖް ކޮމްޕްލެކްސްއަކާއި ގއ. ގެމަނަފުށީގައި އައިސް ޕްލާންޓެއް ގާއިމްކުރުމުގެ މަޝްރޫއަކީ 23 މިލިއަން ޑޮލަރުގެ މަޝްރޫއެއްކަމަށެވެ. އަދި މި މަޝްރޫއުގެ ބީލަން ކާމިޔާބުކޮށްފައި ވަނީ ރައިނެކް އިންޑިއާ ލިމިޓެޑުންކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއަކީ އިންޑިޔާގެ އެގްޒިމް ބޭންކުން ފޯރުކޮށްދޭ ފައިނޭންސްއެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އިކޮނޮމިކް މިނިސްްޓްރިން ބުނީ މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިރޭ ހަނިމާދޫގައި އޮންނާނެކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފެލިވަރުގައި ހަދާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކީ މިހާތަނަށް ރާއްޖޭގައި ހަދާ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖަށް ވެސް ވާނެއެވެ. އެ މަސައްކަތް ނިމުމުން ދުވާލަކު 200 ޓަނުގެ މަސް ގަނޑުކުރެވޭ ބްރައިން ފްރީޒިން ފެސިލިޓީއަކާއި މަސް ފިނިކޮށް ބަހައްޓާ 80 ޓަނުގެ ރެފްރިޖަރޭޓެޑް ސީ ވޯޓާ ސިސްޓަމެއް ވެސް ފެލިވަރުގައި ހުންނާނެއެވެ. މި މަޝްރޫއުގެ ދަށުން ގެމަނަފުށީގައި 50 ޓަނުގެ ބްލޮކް އައިސް ޕްލާންޓަކާއި 100 ޓަނުގެ އައިސް ސްޓޯރޭޖެއް ވެސް ހަދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން