މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، އިންޑިއާގެ ހާރިޖީ ވަޒީރާއި ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ބާއްވަވައިފިއެވެ.
އިންޑިއާގެ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތައް ފެށުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އިންޑިއާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންނާއި މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އިންޑިއާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަރިހަށްވެސް ޒިޔާރާތްކުރައްވާނެއެވެ. އަދި އިންޑިޔާގެ އެހީގައި ހިންގާ ބައެއް ޕްރޮޖެކްޓްތައް ފެށުމަށް މިރޭ ހަނިމާދޫގައި ބާއްވާ ރަސްމިއްޔާތުގައިވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ 4 ވަނަ ދަތުރުފުޅެވެ.

India EAM Visit | Fortifying development and assessing progress!
— Abdulla Shahid (@abdulla_shahid) January 18, 2023
EAM @DrSJaishankar and I reflected on the expanding areas of collaboration in diverse fields.
The #MaldivesIndiaPartnership has profound impact on the strengthening of bilateral relations for the future ahead. pic.twitter.com/Lciv5hWOmz
އިންޑިއާގެ ހާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަރިހަށްވެސް ޒިޔާރާތްކުރައްވާނެއެވެ. އަދި އިންޑިޔާގެ އެހީގައި ހިންގާ ބައެއް ޕްރޮޖެކްޓްތައް ފެށުމަށް މިރޭ ހަނިމާދޫގައި ބާއްވާ ރަސްމިއްޔާތުގައިވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިއީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ 4 ވަނަ ދަތުރުފުޅެވެ.
ކިޔުންތެރިންގެ ހިޔާލު