‏އައްޑޫ ސިޓީ މަރަދޫގައި ތަރައްގީކުރާ މަސް މާރުކޭޓުގެ މަސައްކަތުގެ ބޮޑު ބައެއް އަންނަމަހު ނިންމާލެވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.



‏އައްޑޫ ސިޓީ މަރަދޫގައި ތަރައްގީކުރާ މަސް މާރުކޭޓަކީ ސަރުކާރުން 3,250.863.39 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.



މިމަޝްރޫއުގެ މަސައްކަތުގެ ތެރެއިން މަސް ކެނޑުމަށް ހަމަޖައްސައިފައިވާ ބައިގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް ‏ކޮންޓްރެކްޓަރ މައުލޫމާތުދޭކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

މި މަސްމާރުކޭޓްގެ ތިރީ ފަންގިފިލާ މަސްމާރުކޭޓްގެ ގޮތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު މަތީ ފަންގިފިލާ ބޭނުން ކުރެވޭނީ ކެފޭ / ރެސްޓޯރަންޓް ފަދަ ބޭނުމަށްކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން