މި ސަރުކާރުގެ މި ހިނގާ ދައުރުގައި ހޭދަވި ކޮންނެ 11 ދުވަހަކުން އެމްޓީސީސީން ޕްރޮޖެކްޓެއް ނިންމާފައިވާ ކަމަށާއި އެއީ މިހާތަނަށް ދެކެފައިނުވާހާ ބާރު ސްޕީޑެއްކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމް ރޭ ވިދާޅުވީ، މިވަގުތު ވެސް އެމްޓީސީސީން 132 ޕްރޮޖެކްޓެއް އެބަ ކުރިއަށް ގެންދާ ކަމަށެވެ. އޭގެ ތެރޭގައި ރައީސް ޞާލިޙްގެ މިދައުރުގެ ހަތަރު ދުވަހުގެ ތެރޭގައި މަހަކު ބަނދަރެއްގެ ރޭޓުން އެމްޓީސީސީން މަސައްކަތް ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަދި ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅާލުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް އާޒިމް ފާހަގަ ކުރެއްވިއެވެ. އެގޮތުން އާރްޓީއެލް ބަހާއި ފެރީގެ ހިދުމަތާއި ގުޅިގެން ކޮންމެ ދުވަހަކު ޝުކުރާއި ތައުރީފުގެ ބަސްތައް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުން ދާކަމަށާއި އެ ހިދުމަތްތައް ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފައިވާކަމަށެވެ.

އާޒިމް މިފަދައިން ވިދާޅުވިއިރު އެމްޓީސީސީއަކީ އާރްޓީއެލްގެ ހިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުނިކަމަށް ވާތީ ރައީސް ޞާލިޙްގެ ވައުދުފުޅުތައް ފުއްދުމުގެ އެންމެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންދާ އެއް ކުންފުންޏަކީ އެމްޓީސީސީކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން