އިމާދުއްދީން ސްކޫލްގެ ގްރޭޑް 1 ގައި ކިޔަވަމުންދާ 121 ދަރިވަރުންވަނީ ރެހެންދި މަގުގައި ހުންނަ ވިލާމާރޓަށް ތަޖުރިބާ ހޯދުމުގެ ޒިޔާރަތެއް މިއަދު ކޮށްފިއެވެ.



މިޒިޔާރަތަކީ އެކުދިން ކިޔަވަމުންދާ ހިސާބު މާއްދާގައި ހިމެނޭ ފިލާވަޅަކާއި ގުޅޭ ގޮތުން މަޢުލޫމާތު ހޯދުމަށް ކުރި ޒިޔާރަތެއް ކަމަށް ވިލާ އިން ހާމަކޮށްފައިވެއެވެ.

އެގޮތުން، މި ޒިޔާރަތުގައި ދަރިވަރުންނަށް ވަނީ ފައިސާގެ މުޢާމަލާތްތައް ހިނގާ ގޮތާއި، އިގްތިސާދު ކުރުމުގެ މުހިންމުކަން ކިޔައިދީފައިވެއެވެ. އަދި ވިޔަފާރީގައި ހިނގާ އެކިއެކި ކަންތަކުގެ މަޢުލޫމާތުވެސް ވަނީ ދަރިވަރުންނާ ހިއްސާކޮށްފައެވެ.

މީގެއިތުރުން، އިމާދުއްދީން ސުކޫލު ދަރިވަރުންނަށް ވިލާ މާރޓުގެ އެކްސްކުލޫސިވް ޕްރޮޑަކްޓްސް ތަކާއި ގުޅޭ ތަފާތު މައުލޫމާތުތައް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ވިލާ މާރޓުގެ އެކްސްކްލޫސިވް ބްރޭންޑްތައް ކަމައްވާ އަލްމަރާއީ، ޓޯނީސް ޗޮކޮލެޓް، ޕްލެއިން ސޮލެއިލް ފަދަ ނަން މަޝްހޫރު ބްރޭންޑް ތަކާ ބެހޭ މައުލޫމާތު ތައްވަނީ ދަރިވަރުންނަށް ކިޔާދިނެވެ.

ވިލާ މާރޓުގެ އެކްސްކްލޫސިވް ބްރޭންޑެއް ކަމަށްވާ އަލްމަރާއީއަކީ މިހާރު ވިލާމަރޓުން ހަލުވި ކަމާއެކު ވިކޭ އެންމެ މަގްބޫލު އެއް ބްރޭންޑެވެ. މިއީ ސައުދީ އަރަބިޔާގެ މަޝްހޫރު އުފެއްދުމެކެވެ.

ވިލާ މާޓުން ބުނީ މިފަދަ ތަޖުރިބާގެ ޒިޔާރަތްތަކަށް އަބަދުވެސް ވިލާ މާރޓުން މަރުހަބާ ކިޔާނެ ކަމަށާއި ސްކޫލުތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކުންވެސް މިފަދަ ހަރާކާތެއް ހިންގަން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، ގާތުގައި ވާނެ އެއްބަޔަކަށް ވިލާ މާރޓު ވުން އެއީ ވިލާ މާރޓުގެ އެއް މަގުސަދު ކަމަށެވެ.

ވިލާ މާޓުގެ ފިހާރަތައް ހިންގާ ވިލާޓްރޭޑިންގ ކުންފުނީގެ މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ފެންވަރު ރަނގަޅު، އަދި ޔަގީންކަން ލިބިފައިވާ ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ބްރޭންޑް ތަކުގެ މުދާ ރައްޔިތުންނާ ހަމައަށް ފަސޭހަ ކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުމެވެ. އެގޮތުން މާލެ އާއި ހުޅުމާލޭގައި ވިލާ މާޓުގެ 4 ސުޕަރމަރކެޓެއް މިހާރު ގާއިމުކޮށްފައިވާއިރު، މެދުނުކެނޑި ވިލާމާޓްގެ އެކްސްކްލޫސިވް ބްރޭންޑްތަކުގެ ޕްރޮޑަކްތަކާއި، އެ ކުންފުނިން ރާއްޖެ އެތެރެކުރާ އުފެއްދުންތައް ހޯލް ސޭލް އަދި ރީޓެއިލްކޮށް ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން