އަހުމަދު މަސްނޫމް   19 ޖެނުއަރީ 2023 - 15:8
އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގައި ހިމެނޭ ސިޔާސީ ލީޑަރުން މާފުށި ޖަލަށް ޒިޔާރަތްކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑަރުން ޖަލަށް ވަޑައިގެންނެވީ ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށެވެ.

މި ދަތުރުގައި އިސްކޮށް ހުންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް، އަދުރޭއެވެ.



ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށްފަހު އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ފިސާރި ގަދަކޮަށްކަމަށެވެ. އަދި ރައްޔިތުން މާޔޫސް ނުވުމަށް ވެސް ރައީސް ޔާމީން އެދިވަޑައިގެންނެވިކަމަށް އަދުރޭ ވިދާޅުވިއެވެ.

"ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށް. އަޅުވެތިކަމަށް ބޯ ނުލައްބަވާނެކަމަށް. މައުސޫމްކަން ސާބިތުކޮށް ދެއްވާނެކަމަށް. ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިއްބެވުމަށް." އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ޕާޓީގެ އިސް ބޭފުޅުން ރައީސް ޔާމީނާއި ބައްދަލުކުރައްވާފައިވާ އިރު އެ ޕާޓީން ދަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ބޮޑު ކޮންފަރެންސެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އަދި އެއީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް ބާއްވާ ކޮންފަރެންސެއްކަމަށް ޕީޕީއެމުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން