ކޯވިޑްގެ ކުރިން ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އިގްތިސާދީ ހީނަރުކަމުގެ ތެރޭގައި އޭރުގެ ސަރުކާރުން މުވައްޒަފުންގެ މުސާރަތައް ކުޑަކުރުމުން އެތައް ބަޔަކަށް އޭގެ ނުރަނގަޅު އަސަރުކުރިކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ކަނޑިތީމުގައި އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ކޯވިޑްގައި އެންމެ އިސްކަންދިނީ ރައްޔިތުންގެ މަސްހަކަތް އިސްކޮށް، އެ ރައްޔިތުންގެ ރައްކާތެރިކަމަށް ކަމަށެވެ. އަދި ކާރިސާތައް އައުމުން ސަރުކާރުތަކުން އަމަލު ކުރާ ގޮތާއި މެދު ރައްޔިތުން ވިސްނަންޖެހޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2008 އަދި 2009 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގެ ތެރެއިން އޭރު ވެރިކަމުގައި އޮތް ރައީސް ނަޝީދުގެ ސަރުކާރުން އަމަލުކުރި ގޮތް ރައްޔިތުންނަށް ފެންނާނެކަމަށެވެ. އަދި އޭރު އެޅި ފިޔަވަޅުތަކުގެ ސަބަބުން އެތައް ބަޔަކަށް އޭގެ ނުރަނގަޅު އަސަރުކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

"2008, 2009 ގައި ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ދަތިކަމުގައި އޭރުގެ ސަރުކާރުން އަމަލުކުރި ގޮތް އެއޮތީ ފެންނަން. ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ނަމުގައި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުތަނުން ކުޑަކުރި. މުވައްޒިފުން ވަކިކުރި. އޭގެ ނުރަނގަޅު އަސަރު ވަކިވަކި ފަރުދުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް ކުރި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯވިޑާއި ގުޅިގެން މިސަރުކާރުން ސިޔާސަތުތަައް ތަންފީޒުކުރަމުންދިޔަ ގޮތުން އޭގެ ނުރަނގަޅު އަސަރު ކުރަންވީ ވަރާއި ގާތަށްވެސް ރާއްޖެގެ އެއްވެސް ރައްޔިތަކަށް ކޮށްފައި ނޯންނާނެކަމަށެވެ. އަދި އެ އިހުސާސްވެސް ގިނަ ބޭފުޅުންނަށް ރަނގަޅަށް ނުކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން