ކުރީގެ ހުރިހާ ވެރިކަންތައް އެއްކުރިޔަސް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގެނެސްދީފައިވާ ތަރައްގީއާ ފައިހަމަ ނުކުރެވޭނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވެފައި މިވަނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއް އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިފްތިތާޙު ކޮށްދެއްވާފައި ވަނިކޮށެވެ. އަދި އެފަދަ އެތައް މަޝްރޫޢެއް މަޝްރޫއުތަކެއް ކުރިއަށްދާވެސް ދަނޑިވަޅެއްގައެވެ.

ފިނޭންސް މިނިސްޓަރ އަމީރު މިއަދު ވިދާޅުވީ މިދިޔަ އަހަރުތަކުގައި، ދިމާވި އިޤްތިސާދީ ދަތިތަކާއެކުވެސް ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްފައިވާކަމަށެވެ. އަދި ރާއްޖޭގެ އުތުރުން-ދެކުނަށް އުމްރާނީ ތަރައްޤީގެ މަޝްރޫއުތައް ކުރިޔަށް ދާކަންވެސް އަމީރު ފާހަގަކުރެއްވިއެެވެ.



އަމީރު ވިދާޅުވީ ރައްޔިތުންނަށް މަންފާކުރަނިވި އެތައް ސިޔާސަތުތަކެއް މިސަރުކާރުން ތަންފީޒުކުރަން ފަށާފައިވާއިރު އޭގެ ސަބަބުން އެތައް ފައިދާއެއް ރައްޔިތުންނަށް ކުރަމުންދާކަމަށެވެ. އެގޮތުން މިނިމަމް ވޭޖް، ސަވިސް ޗާޖް، ޕޭ ހާމަނައިޒޭޝަން، އަދި ހިލޭ ޑިގްރީ އަމީރު ފާހަގަކުރެއްވިއެެވެ.

އާމިރު ވިދާޅުވީ ދިމާވި ދަތިތަކާއެކުވެސް، ރައީސް ސާލިހު ގެނެސްދެއްވި އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްޤީ، ކުރީގެ ހުރިހާ ވެރިކަންތައް އެއްކުރިޔަސް ފައި ހަމަނުކުރެވޭނެކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން