ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަމަށް ހުރަސް އަޅަން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވިކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިއަދު ވިދާޅުވީ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ވޭތުވެދިޔަ ދުވަސްތަކުގައި ދިޔައީ ސަރުކާރު ހިންގުމަށް ހުރަސް އަޅައި، ސަރުކާރު ޕެރަލައިޒްކޮށްލަން ކޮށްލެވޭނެ ހުރިހާ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. ނަމަވެސް އެ ހުރިހާ ގޮންޖެހުންތަކެއް ގިރާކުރުމަށްފަހު ގައުމު ކުރިއަށްގެންދިއުމުގައި ރައީސް ސާލިހު ކާމިޔާބު ހޯއްދަވާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން ޝަރީފް ވިދާޅުވީ އިގްތިޞާދީ ދަތިކަމެއް ކުރިމަތިވާއިރަށް ގައުމު ބަނގުރޫޓްވެއްޖެކަމަށް އިއުލާންކުރައްވާނެ ލީޑަރަކާއި ގައުމު ހަވާލު ކުރުމާމެދު ރައްޔިތުން ވިސްނަންޖެހޭކަމަށެވެ.



ޝަރީފް ވިދާޅުވީ އެއްވެސް ސަރުކާރަކުން ނުކުރެވި އޮތް ގިނަ ކަންތައްތަކެއް ރައީސް ސާލިހުގެ ސަރުކާރުން ކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރެއިން މިނިމަމް ވޭޖް ޝަރީފް ފާހަގަކުރެއްވިއެެވެ. އަދި ކޮންމެ ކަމެއްކުރަންވެސް ޕްލޭންކުރަންޖެހޭކަމަށާއި އެކަންކަން ނޭޭގޭ ބަޔަކަށް ވެރިކަން ދޭން ހެޔޮނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދެވޭނެ ކެނޑިޑޭޓަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުކަމަށެވެ. އަދި މަގުމަތީގައި އަނެއް 5 އަހަރު ތިބެން އެމްޑީޕީގެ އެއްވެސް މެމްބަރަކު ބޭނުންނުވާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން