ރާއްޖޭގެ ޤައުމީ ބަތަލް ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނުގެ ހިތްވަރުން ރަމްޒުކޮށްދެނީ ތަރައްގީއަށް ދެވޭ އަހަމިއްޔަތުކަންކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޖައިޝަންކަރު މިހެން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ.އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒަށް ކުރެއްވި ޒިޔާރަތަށް ފަހުއެވެ.

މިޒިޔާރަތަށްފަހު އިންޑިއާގެ ހާރިޖީ ވަޒީރު ދިވެހިބަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޤައުމީ ބަތަލް ސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު ކުރެއްވި ހިއްވަރުން ރަމްޒުކޮށްދެނީ ގުޅިފައިވާ މާޒީ އާއި ޤައުމުގެ ތަރައްޤީއަށް ދެވޭ އަޙައްމިއްޔަތުކަންކަމަށެވެ.



އުތީމު ގަނޑުވަރަަށް ޖައިޝަންކަރު ކުރެއްވި ޒިޔާރަތުގައި ޖައިޝަންކަރަށް ވަނީ ބޮޑުތަކުރުފާނާއި ގުޅޭގޮތުން ލިޔުއްވާފައިވާ ފޮތެއް ހަދިޔާކިުރައްވާފައެވެ.

އުތީމުގެ އިތުރުން ޖައިޝަންކަރު މިއަދު ވަނީ ށ.ފޯކައިދޫއަށްވެސް ޒިޔާރަތްކޮށްފައެވެ. އެ ޒިޔާރަތުގައި ޖައިޝަންކަރު ވަނީ އިންޑިއާ އެހީގައި ތަރައްގީކޮށްފައިވާ އިޖްތިމާއި މަރުކަޒު ހުޅުވައިދެއްވާފައެވެ.

އިންޑިއާގެ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ. އެމަނިކުފާނުގެ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން