ށ. ފޯކައިދޫގައި އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީކުރި ކޮމިއުނިޓީ ސެންޓަރު ހުޅުވައިފިއެވެ.

އެ ސެންޓަރު ހުޅުވައިދެއްވީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި އިންޑިއާގެ ފޮރިން މިނިސްޓަރު އެސް. ޖައިޝަންކަރެވެ.

މި ރަސްމިއްޔާތުގައި ޖައިޝަންކަރާއިއެކު ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެންޓަރަކީ އިންޑިއާއިން 2019 ވަނަ އަހަރު ދިން ގްރާންޓް އެސިސްޓެންސް ސްކީމްގެ ދަށުން ތަރައްގީކޮށްފައިވާ ސެންޓަރެކެވެ. އެތަން އިމާރާތްކޮށް ވަސީލަތްތައް ގާއިމު ކުރުމަށް އެ ސްކީމްގެ ދަށުން 5.2 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ.

އިންޑިއާގެ ގްރާންޓް އެސިސްޓެންސް ސްކީމްގެ ދަށުން 2019 ވަނަ އަހަރު އިންޑިއާއިންވަނީ 106 މިލިއަން ރުފިޔާ ރާއްޖެއަށް ފޯރުކޮށްދީފައެވެ.

ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ހުޅުވުމަށްފަހު މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކައިގައި ރާއްޖޭގެ ތަރައްގީއަށް އިންޑިއާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ލިބިގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން