އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެޕާޓީގެ ރައީސް، މުޙައްމަދު ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގަތުމުން އެމަނިކުފާނަށް ލިބިވަޑައިގަތީ ވަރަށް ފިނި ތަރުހީބެއްކަން ހާމަވެއްޖެއެެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގަތީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. ރިޔާސީ ޕްރައިމަރީ ކެންޕެއިނަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީއަކީ ރައީސް ނަޝީދުގެ އެންމެ ފަހު މަންޒިލެވެ.

އައްޑުއަކީ އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ އަތޮޅަކަށްވާއިރު އެޕާޓީގެ ޕްރައިމަރީގައި އެންމެ ގިނަ ބަޔަކު ވޯޓްލަނީ ވެސް އައްޑޫ ސިޓީންނެެވެ. ވަކިން ޚާއްސަކޮށް ރައީސް ނަޝީދަށް އައްޑޫގައި މީގެ ކުރިން ވަރަށް ބޮޑު ތާއީދެއް އޮވެއެވެ. އެގޮތުން ނަޝީދުގެ، ރަސްމީ އޮފީސް ވެސް ހުންނަނީ އައްޑޫގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑޫއަށް ވަޑައިގެންނެވުމަށްފަހު ހިތަދޫގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މި ސަރުކާރުން އައްޑޫއަށް ގެންނަން ބުނާ ތަރައްގީ އޮތީ "އަންނަނީ" ގައި ކަމަށެވެ. ނަޝީދު ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަމަށް 8000 އެނދު ހުޅުވާ ފަތުރުވެރިން އައްޑޫއަށް ގޮސް އެ ތަނުގެ ރައްޔިތުންގެ އާމްދަނީ އިތުރު ކުރުމަކީ އެމްޑީޕީގެ އަމާޒެއް ކަމަށެވެ. އަދި އެކަމާ ގުޅޭ ސިޔާސަތުތައް ވެސް އެކުލަވާލައިފައިވާއިރު އެ ވައުދު ފުއްދިފައިނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އައްޑޫ ހިތަދުއަށް ވަޑައިގަތުމުން މަރުޙަބާ ދަންނަވަން ގިނަ ބަޔަކު ނިކުންނާނެ ކަމަށް ބެލެވުނު ނަމަަވެސް އެމަނިކުފާނަށް މަރުހަބާ ދަންނަވަން އެ ސިޓީން ނިކުތީ ހީކުރިވަރަށް ވުރެ މަދުބައެކެެވެ. އެމްޑީޕީގެ ކުރީގެ ރައީސް، ޑރ.މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު އާއެކު ރައީސް ނަޝީދު އައްޑޫއަށް ވަޑައިގެންނެވި ނަމަވެސް އެމަނިކުފާނަށް އައްޑޫން ލިބިގެން ދިޔައީ ފިނި ތަރުހީބެއްކަން ފާހަގަކުރެވެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ މި ޕްރައިމަރީގައި ވާދަ ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. ރައީސް ޞާލިޙް ވަނީ ކެންޕެއިން ނިންމުމުގެ ގޮތުން މިމަހުގެ 26ވަނަ ދުވަހު އައްޑޫ ސިޓީގައި ބޮޑު ޖަލްސާއެެއް ބާއްވާ ގޮތަށް ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން