އުސޫލުތަކާއި ހިލާފަށް ސްޓެލްކޯއިން އެއްވެސް ފަރާތަކަށް ވަޒީފާއެއް ދީފައި ނޯންނާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްޓެލްކޯއިން މިކަން ހާމަކޮށްފައި މިވަނީ އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް ސްޓެލްކޯއިން ވަޒީފާތަކެއް ދީފައިވާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެނެވެ.

ސްޓެލްކޯއިން މިކަމާއި ގުޅިގެން ބުނީ އިއުލާންނުކޮށް، ކުންފުނީގެ އުސޫލުތަކާއި ހިލާފަށް އެއްވެސް ވަޒީފާއެއް ދީފައިނުވާކަމަށެވެ.

"އިއުލާންނުކޮށް، ނުވަތަ ކުންފުނީގެ އެޗްއާރު ޕޮލިސީއާ ހިލާފަށް އެއްވެސް ވަޒީފާއަކަށް މީހުން ނަގާފައެއް ނުވާނެ" ސްޓެލްކޯއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުންޏެވެ.

ބައެއް މީޑިއާތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި ސްޓެލްކޯއިން ވަނީ މާލެ އަތޮޅުގެ ރަށްތަކުން އަލަށް ވަޒީފާއަށް ގިނަ ބަޔަކު ނަގާފައެވެ. އަދި އެ މީހުންނަށް ވަޒީފާ ހަމަޖައްސާފައިވަނީ އިއުލާނުކުރުމެއްވެސް ނެތިކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މީގެކުރިންވެސް ސްޓެލްކޯއާ ގުޅޭގޮތުން ފަތުރާފައިވާ މިފަދަ ހަބަރުތައް އެކުންފުނިން ވަނީ ދޮގުކޮށްފައެވެ..


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން