އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަށްވާ މުހައްމަދު ނަޝީދާއި ބައިވެރިވެ ޕީޕިއެމުން ފިތުނަ އުފައްދަމުން ގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް މިއަދު ވިދާޅުވީ، މިހާރު ފެންނަމުންދަނީ އެމްޑީޕީގެ ޕްރައިމަރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙާ ވާދަކުރަށްވާ ވާދަވެެރި ކެންޑިޑޭޓާއި ގުޅިގެން އިދިކޮޅު ޕީޕިއެމުން "ހެސްކިޔާފައި" ފިތުނަ ފަތުރަމުންދާ މަންޒަރު ކަމަށެވެ. އެކަމުގެ ފަހަތުގައި އޮތީ އެމްޑީޕީ ބަލިކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެ.




"އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވެން އޮތީ ރައީސް ސާލިޙަކީ އެމްޑީޕީގެ ކެންޑިޑޭޓަށްވެގެން، އެ ނޫން ޗޮއިސް އެއް ނެތް،" އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސާލިޙަށް ތާއިދު ކުރަށްވާ ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީ ވާދަކުރަށްވާ ރައީސް، މުހައްމަދު ނަޝީދާއި ބައިވެރިވެ ޕީޕިއެމުން ފިތުނަ އުފައްދަމުން ގެންދާ ކަމަށް ޝަރީފް ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޕްރައިމަރީ ގަޑުބަޑުކުރުމަށް އިދިކޮޅު، ޕީޕީއެމުން މަސައްކަތް ކުރާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ތުހުމަތުކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު