މާލެ އަތޮޅު ވާވެއްދިފަރަށް ބާޖަކާއި ޓަގު ބޯޓެއް އުރުނު މައްސަލައިގައި އުޅަނދުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ކ. ވާވެއްދިފަރަށް އޭ.އެމް އާގަމް ނަމަކަށް ކިޔާ ބާޖަކާއި، އޭ.އެމް އަލްޕިޓް ނަމަކަށް ކިޔާ ޓަގުބޯޓެއް އަރާފައިވަނީ މިދިޔަ ޖުލައިމަހުގެ 23 ވަނަ ދުވަހުގައެވެ. އަދި ތިމާވެއްޓަށް ލިބިފައިވާ ގެއްލުން ބަލައި ދިރާސާކުރުމަށް އީޕީއޭގެ ޓީމުން މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ އެ ސަރަޙައްދަށްގޮސް ސަރވޭ ކޮށްފައިވެއެވެ.

އީޕީއޭއިން ބުނީ ކ.ވާވެއްދިފަރުގެ 3926 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި މިގޮތުން ލިބިފައިވާ ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާގެ ޢަދަދު 148 މިލިއަނަށްވުރެ ބޮޑުކަމަށެވެ.

އެހެންނަމަވެސް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭ އެންމެ ބޮޑު ޢަދަދަކީ 100 މިލިއަން ރުފިޔާކަމުގައިވާތީ، ކ.ވާވެއްދިފަރަށް އެރި އުޅަނދުތަކުގެ ވެރިފަރާތްކަމުގައިވާ "ދި މިޑްލްއީސްޓް މެރިން އެލް.އެލް.ސީ" 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަމަށް އީޕީއޭއިން ބުނެއެވެ.

ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ދައްކާ ޚަލާސްކުރުމަށް އުޅަނދުގެ ވެރިފަރާތަށް ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން