1000 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު އައްޑޫއަށް ކުރޫޒް ލައިނާތަކެއް ބަނދަރުކޮށްފިއެވެ.

އައްޑޫއަށް އައިސްފައިވަނީ "އެމްއެސް އާރްޓާނިއާ" އަދި "ކޮރަލް އެކްސްޕެޑިޝަން" ނަމަކަށް ކިޔާ ދެ ކްރޫޒްލައިނާއެކެވެ.

މި ކުރޫޒް ލައިނާރތަކުގެ ތެރެއިން ކޮރަލް އެކްސްޕެޑިޝަންއިން 50 ފަތުރުވެރިން އަދި އާރޓިއާނާއިން 1200 ފަތުރުވެރިން އައްޑޫއަށް ވަނީ އައިސްފައެވެ.

މި ފަތުރުވެރިންނަށް ފޭދޫ ބަނދަރު ސަރަހައްދުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.



ކޯވިޑާއި ގުޅިގެން ކުރޫޒްލައިނާތައް ރާއްޖެ އައުން މެދުކެނޑިފައި އޮތުމަށްފަހު، މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ގިނަ ކްރޫޒްލައިނާތަކަކުން ވަނީ ރާއްޖެއަށް ދަތުރު ފަށާފައެވެ.

ކަމާއިބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި މިއަހަރު ކުރިއަށް އޮތްތަނުގައި ގިނަ އަދަދެއްގެ ކުރޫޒް ލައިނާރ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން