ރިޒް ކާލްޓަން ފަރި އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސްޗާޖުގެ ގޮތުގައި މިމަހު 4508.74 ޑޮލަރު (69513.36 ރުފިޔާ) ދީފިއެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ ސަރވިސްޗާޖުގެ މައުލޫމާތު އާންމު ގޮތެއްގައި އާންމުކުރާ، ރިސޯޓް ވޯކަރސް މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާގޮތުން، އެ ރިސޯޓުގެ އިތުރުން ވެސް 6 ރިސޯޓަކުން 1000 ޑޮލަރަށްވުރެ މަތިން ސާވިސް ޗާޖު މިމަހު ދީފައިވެއެވެ.

ޕޭޖުގައި އާންމު ކޮށްފައިވާ ގޮތުން މިލައިދޫ މޯލްޑިވްސް އިން 1319.14 ޑޮލަރު، ނިޔަމައިން 1330.10 ޑޮލަރު، އަންގަސާނަ ވެލާވަރުން 1240.47 ޑޮލަރު، ޖޯލި މޯލްޑިވްސް އިން 3017 ޑޮލަރު އަދި ޝަވަލް ބްލޯންކް ރަންދެލި ރިސޯޓުން 3540.31 ޑޮލަރު ވަނީ ސާވިސް ޗާޖުގެ ގޮތުގައި މުވައްޒަފުންނަށް މިމަހު ދީފައެވެ.

ކޮވިޑު19 އަށްފަހު ރާއްޖެ ފަތުރުވެރިކަމަށް އަލުން ހުޅުވާލުމާއިއެކު ފަތުރުވެރިން ރާއްޖެ އަންނަ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ސަރުކާރުން ކުރިއަށް ގެންދާ މާކެޓިން ކެމްޕޭންތަކުގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ މިހާތަނަށް ވެސް 122،186 ފަތުރުވެރިން ރާއްޖެއަށްވަނީ ޒިޔާރާތް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން