އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޕްރައިމަރީގެ ކެމްޕޭންގައި މާލެ ސިޓީގެ ދެ އަވަށްކަމަށްވާ ވިލިމާލެއާއި ގަލޮޅަށް ވަޑައިގެން އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރައްވައިފި އެވެ.

ކެމްޕޭންގައި އަތޮޅުތެރޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ އިތުރުން ރައީސް ގެންދަވަނީ މާލޭގެ އެކި އަވަށްތަކަށް ވަޑައިގެން ޕާޓީގެ މެންބަރުންނާ ބައްދަލު ކުރަށްވަމުންނެވެ.

އެގޮތުން މިއަދު އެމަނިކުފާނުގެ ކެމްޕޭން ޓީމާއި ތާއީދު ކުރައްވާ ބޭފުޅުންނާއިއެކު ވިލިމާލެއަށް ޒިޔާރަތް ކުރެއްވުމުން އެ އަވަށުންވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ރައީސް ޞާލިޙާއިއެކު ތިބިކަން ހާމަ ކުރުމުގެ ގޮތުން އެމަނިކުފާނާއިއެކު ފޮޓޯނެގުން ކުރިއަށް ގެންގޮސްފައިވެސް ވެއެވެ.

މީގެ އިތުރުން ދޮރުންދޮރަށް ގަލޮޅުގައި ހިންގެވުމުންވެސް އެމްޑީޕީ މެންބަރުންގެ ގޭގެއިން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔައި، ރައީސް އާއިއެކު ތިއްބެވިކަން ހާމަ ކޮށްފައެވެ.

މިމަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެމްޕޭން ނިންމުމުގެ ރަސްމީ ޖަލްސާ މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން