އެމަނިކުފާނުގެ މެނިފެސްޓޯގެ އަމާޒަކީ ރައްޔިތުންގެ ބޭންކް އެކައުންޓްތައް ދެގުނަ ކުރުން ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ އެޕާޓީގެ ރައީސް، މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕޭންގައި މާލޭގެ ލޮނުޒިޔާރަތްޕާކުގައި ޒުވާނުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ނަޝީދު ވަނީ ޒުވާނުން އެމަނިކުފާނަށް ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

މި ބައްދަލުވުމުގައިޒުވާނަކު ދެންނެވި ސުވާލަކަަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނު ހުށައަޅުއްވާ މެނިފެސްޓޯގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންގެ ބޭންކް އެކައުންޓް ދެގުނަ ކުރުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ވަރަށް ބޮޑު އާބާދީ އެއް ދައުލަތާއި ވަކިވެ އެކަހެރިވެއްޖެ ކަމަށެވެ. ދައުލަތުގެ އާމްދަނީ 10 ގުނަ ވީއިރު ރައްޔިތުންނަށް "ގޮތެއް" ނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދައުލަތުގެ އާމްދަނީ 10 ގުނަވީ އަޅުގަނޑު އެ މައްސަލަ ހައްލު ކުރާ މީހާގެ ގޮތުގައި ދެކެން އަޅުގަނޑަކީ، އަޅުގަނޑުގެ މެނިފެސްޓޯގެ މިފަހަރުގެ އަމާޒަކީ އިތުރު އެހެން އެއްވެސް ކަމެއް ނޫން، ބޭންކު އެކައުންޓް ދެގުނަ ކޮށްދޭނަމޭ، އެއީ މި އަމާޒަށް ދާންވީ. ދެން ހުރިހާ ރަށެއްގެ ފެނާ ނަރުދަމާ އަޅާނަމޭ، ފުޓްސަލް ދަނޑު އަޅާނަމޭ، އެއްގަމު ތޮށި އަޅާނަމޭ، މަލްޓިޕާޕަސް ހޯލް އަޅާނަމޭ، ކްލާސްރޫމްތައް ހަދާނަމޭ އާދެ! އެކަންކަން ކުރަންޖެހޭނެ އެކަމަކު އަމާޒުވާންވީ ބޭންކް އެކައުންޓަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަަށް އެމްޑީޕީގެ މެމްބަރުން ވޯޓް ދޭންވީ ތަސައްވަރެއް މެމްބަރުންނަށް ހުށައަޅުއްވާތީ ކަމަށެވެ. އަދި އެ ތަސައްވަރަށް ވާސިލްވެވޭނެ ރާސްތާ އެމަނިކުފާނު ވިދާޅުވެދެއްވާފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.



"އަޅުގަނޑު އެބަ ބަޔާންކޮށްދެން އެމަގުގައި ދަތުރުކުރާނެ ގޮތެއް، އަޅުގަނޑު ދެކޭގޮތުގައި މިކަންކަމަކީ އަބަދުވެސް އެމްޑީޕީ ހުށައަޅާ ކަންކަން، އެހެންވީމަ މިކަންކަމަށްޓަކައި އަސްލު އެމްޑީޕީ ނިކުތުން އެއީ ބޭނުންތެރިކަމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން