އިނގިރޭސި ފުޓްބޯޅައިގެ ޗެމްޕިއަންކަން ލިވަޕޫލުން 30 އަހަރާއި 51 ދުވަހާއި 09 ގަޑިއިރަށް ފަހު ކާމިޔާބުކޮށްފިއެވެ. އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން 1990 ވަނަ އަހަރު ހޯދި ފަހުން ރެއާ ހަމައަށް ލީގުގައި 1149 މެޗް އެ ޓީމުން ކުޅެފައިވާ އިރު ރެއާއި ހަމައަށް އެ އުންމީދުގައި އެޓީމަށް ކުލަ ޖެއްސިފައެއް ނުވެއެވެ.
ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ، އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން މެންޗެސްޓާ ސިޓީ 2-1 އިން ބަލިވުމާ ގުޅިގެންނެވެ. ލިވަޕޫލުން ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައި މިވަނީ ލީގުގައި ބާކީ ހަތް މެޗު އޮއްވައެވެ. އެޓީމަށް 31 މެޗުން 86 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ސިޓީ އަށް 31 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ.
މިއީ އިނގިރޭސި ފުޓްބޯޅަ ލީގުގެ ނަން 1992 ވަނަ އަހަރު އިންގްލިޝް ޕްރިމިއާ ލީގަށް ބަދަލުކުރި ފަހުން ލިވަޕޫލުން ލީގު ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ނަމަވެސް ލީގުގެ ދިގު ތާރީހުގައި އެޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން 19 ފަހަރު ކަށަވަރު ކޮށްފައިވެއެވެ. 1992 ގެ ފަހުން ކުޅުންތެރިން ގަތުމަށް ލިވަޕޫލުން 1.47 ބިލިއަން ޕައުންޑް ހަރަދުކޮށްފައިވާއިރު، ދާއިމީ 9 ކޯޗުން ޓީމާއި ހަވާލުވި އެވެ. ފަސް ފަހަރެއްގެ މަތިން ލީގު ހޯދުމާއި ފިޔަވަޅަކާ ގާތަށް އެޓީމު ޖެހިލި ނަމަވެސް 2014 ވަނަ އަހަރު ދެ ޕޮއިންޓްގެ ތަފާތުން ލިވަޕޫލަށް ލީގު ގެއްލުނު އިރު، މިދިޔަ އަހަރު އެ ޓީމަށް ލީގު ނުލިބި ދިޔައީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ.
އަމިއްލަ ދަނޑުގައި ސިޓީގެ މައްޗަށް ޗެލްސީން ރޭ ހޯދި މޮޅާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު ޗެލްސީއަށް ވަނީ ބޮޑުވެފައެވެ. ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ޗެލްސީންނެވެ. އެ ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ސިޓީގެ ކެވިން ޑި ބްރޭނާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މި މެޗުން ޗެލްސީ މޮޅުވީ 78 ވަނަ މިނެޓުގައި ގޯލް ރޮނގު މަތިން، ފަހު ޑިފެންޑަރުގެ ގޮތުގައިހުރެ ސިޓީގެ ފެނާންޑީނިއޯ ބޯޅައިގައި ގަސްތުގައި އަތްލުމުން ލިބުނު ޕެނަލްޓީ އަކުންނެވެ. އެލަނޑު އެޓީމަށް ޖަހައިދިނީ ވިލިއަންއެވެ. މެޗް ނިމިގެން ދިޔައީ 2-1 ގެ ނަތީޖާ އަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
ރޭގެ ނަތީޖާއާ އެކު، އިނގިރޭސި ފުޓްބޯޅައިގެ ޗެމްޕިއަންކަން 19 ވަނަ ފަހަރަށް ލިވަޕޫލުން ހޯދިއިރު ލީގު ކާމިޔާބީގެ އެންމެ ކުރީގައި އުޅެނީ 20 ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ މެންޗެސްޓަރ ޔުނައިޓެޑެވެ.

ކިޔުންތެރިންގެ ހިޔާލު