ބ. އަތޮޅު ކެޔޮދޫގައި ވެލާތަކެއް ފަޅައި ކައްކަން ތިބި މީހުން ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާ ފަޅާކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އިއްޔެ ހަވީރު ވަނީ އެރަށުގައި ޙަރަކާތްތެރިވެފައެވެ. ފުލުހުން އެ ރަށަށް އެރިއިރުވެސް، ވެލާ ފަޅައި އޭގެ ތެޔޮކުނޑި ހޭނުމުގެ މަސައްކަތް ކުރިއަށްދިޔަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އެކަމާ ގުޅިގެން ‘ރަސް އޮންލައިން’ އަށް މަޢުލޫމާތު ދެމުން ފުލުހުން މިއަދު ބުނެފައިވަނީ، އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. މީސް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުގައި ގިނަ ޢަދަދެއްގެ ވެލާ ފަޅައި އޭގެ މަސްތައް ފޮށިގަނޑުތަކަށް އަޅާފައިވާ މަންޒަރު ފެނެއެވެ.
މި މައްސަލާގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު