ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް، ކްލަބު އީގަލްސްގެ ހެޑް ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) އަށް ލިބިއްޖެއެވެ.
އޭއެފްސީ ޕްރޮފެޝަނަލް ލައިސަންސަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސްއަށް ފަހު ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސެވެ. މި ލައިސަންސް މީގެ ކުރިން ނަގާފައިވަނީ ޓީސީ ސްޕޯޓްސް ކްލަބުގެ ކޯޗު މުހައްމަދު ޝާޒްލީއެވެ. އޭއެފްސީގެ ކޯޗިން އިންސްޓްރަކްޓަރެއްގެ އިތުރުން މޯހަން އަކީ އޭއެފްސީ ސީ ލައިސަންސް ކޯސް ކިޔަވައިދިނުމުގައި ބައެއް ގައުމުތަކުގައި މަސައްކަތް ކޮށްފައިވާ ކޯޗެކެވެ.
މޯހަން ޕްރޯ ލައިސަންސް ނެގުމާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މޯހަންއަށް މަރުހަބާ ދަންނަވައިފައެވެ.
1997 ވަނަ އަހަރު ގައުމީ ޓީމުގެ އެސިސްޓެންޓުގެ ގޮތުގައި ކޯޗިން ކެރިއަރަށް ނުކުތް މޯހަން ވަނީ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެފްއޭއެމްގެ ޓެކްނިލް ޑައިރެކްޓަރެއްގެ މަގާމު ވެސް އަދާކުރެއްވި މޯހަން ވަނީ ފުރަތަމަ ޑިވިޝަނުގައި ނިއުރޭޑިއަންޓާއި ވެލެންސިއާ އާއި އދ. މަހިބަދޫގެ އިތުރުން ދ. ކުޑަހުވަދޫ ޓީމަށް ކޯޗުކޮށްދީފައެވެ. އޭނާ މިހާރު އިރުޝާދުދެމުން އަންނަނީ ކްލަބު އީގަލްސްއަށެވެ.
މޯހަންގެ އިރުޝާދުގެ ދަށުން ނިއުރޭޑިއަންޓުން ވަނީ، 2012 ވަނަ އަހަރު ބަލިނުވެ ދިވެހި ލީގު ކާމިޔާބު ކޮށްފައެވެ. ލީގުގެ އިތުރުން މޯހަން ވަނީ އެ އަހަރު ނިއު އަށް ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ. މޯހަންގެ ކޯޗުކަމުގައި އެ އަހަރު ނިއު ހަމައެކަނި ބަލިވީ އެފްއޭ ކަޕްގައި ސާންތީގެ އިރުޝާދުގެ ދަށުން ކުޅުނު ކްލަބް އީގަލްސް އަތުންނެވެ.
ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި ވެސް މޯހަންގެ ދައުރު ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން 2008ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު، މޯހަން ހުރީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ.
ކޯޗު މޯހަން ފުޓްބޯޅަ ކޯޗިން އިން ހާސިލްކުރި މަތީ ފާހަށް "ރަސް އޮންލައިން" ގެ ފަރާތުން ސާބަސް ދެމެވެ.

Congratulations Coach Mohan 🙏🏽
— Bassam Adeel Jaleel (@bassam_jaleeI) June 25, 2020
Another wonderful day for the football family.
Our Coach, Mohamed Shiyaz (Mohan) has achieved Professional coaching license. The 2nd Pro license for the Maldives. #towardsfuture 🇲🇻 pic.twitter.com/Xh1RXnSoh1
1997 ވަނަ އަހަރު ގައުމީ ޓީމުގެ އެސިސްޓެންޓުގެ ގޮތުގައި ކޯޗިން ކެރިއަރަށް ނުކުތް މޯހަން ވަނީ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެފްއޭއެމްގެ ޓެކްނިލް ޑައިރެކްޓަރެއްގެ މަގާމު ވެސް އަދާކުރެއްވި މޯހަން ވަނީ ފުރަތަމަ ޑިވިޝަނުގައި ނިއުރޭޑިއަންޓާއި ވެލެންސިއާ އާއި އދ. މަހިބަދޫގެ އިތުރުން ދ. ކުޑަހުވަދޫ ޓީމަށް ކޯޗުކޮށްދީފައެވެ. އޭނާ މިހާރު އިރުޝާދުދެމުން އަންނަނީ ކްލަބު އީގަލްސްއަށެވެ.
މޯހަންގެ އިރުޝާދުގެ ދަށުން ނިއުރޭޑިއަންޓުން ވަނީ، 2012 ވަނަ އަހަރު ބަލިނުވެ ދިވެހި ލީގު ކާމިޔާބު ކޮށްފައެވެ. ލީގުގެ އިތުރުން މޯހަން ވަނީ އެ އަހަރު ނިއު އަށް ޕްރެޒިޑެންޓްސް ކަޕް ވެސް ކާމިޔާބުކޮށްދީފަ އެވެ. މޯހަންގެ ކޯޗުކަމުގައި އެ އަހަރު ނިއު ހަމައެކަނި ބަލިވީ އެފްއޭ ކަޕްގައި ސާންތީގެ އިރުޝާދުގެ ދަށުން ކުޅުނު ކްލަބް އީގަލްސް އަތުންނެވެ.
ރާއްޖެއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގައި ވެސް މޯހަންގެ ދައުރު ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން 2008ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު، މޯހަން ހުރީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ.
ކޯޗު މޯހަން ފުޓްބޯޅަ ކޯޗިން އިން ހާސިލްކުރި މަތީ ފާހަށް "ރަސް އޮންލައިން" ގެ ފަރާތުން ސާބަސް ދެމެވެ.
ކިޔުންތެރިންގެ ހިޔާލު