އަހުމަދު މަސްނޫމް   6 ފެބްރުއަރީ 2023 - 19:9
"ޤައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު" އަންނަ މަހު އިފްތިތާޙްކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ މި އަހަރަށް ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު ބޭއްވި ޖަލްސާގައެވެ.

ރައީސް ސާލިހު ވިދާޅުވީ އެކި ޚިދުމަތްތައް ބޭނުންވެގެން ތަކުރާރުކޮށް އައިޑީކާޑާއި، އެކި ލިޔުންތަކުގެ ކޮޕީ ސަރުކާރަށް ހުށަހަޅަންޖެހުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ތަކުލީފެއްކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށްޓަކައި އަންނަ މާރޗުމަހު ޑިޖިޓަލް އައިޑީ ލޯންޗް ކުރުމަށް ނިންމަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޑިޖިޓަލް އައިޑީގެ އިތުރުން އޮފީސްތަކުން ކިޔުގާ ޖެހުމާއި، ފޯނު ނުނެގުމާއި، ޖަވާބު ނުލިބުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ވަން-ގަވް ޚިދުމަތްވެސް މާރިޗު މަސްތެރޭ އިފްތިތާހްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"މީގެ ސަބަބުން ފުރަތަމަވެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއާއި ފުވައްމުލަކު ސިޓީ ކައުންސިލުން ދޭ ޚިދުމަތް މުޅިން އޮންލައިން ވާނެ. މީގެއިތުރަށް މާލެ، އައްޑޫ އަދި ފުވައްމުލަކުގައި ޤާއިމްކުރެވޭ ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތަކަކީ އޮންލައިންކޮށް ޚިދުމަތް ލިބިގަންނަން ދަތި ރައްޔިތުންނަށް ހިދުމަތްދޭ މަރުކަޒުތަކެއް." ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

އަލަށް ބޭނުންކުރުމަށް ތައްޔާރުވަމުން އަންނަ ޑިޖިޓަލް އައިޑެންޓިޓީ ކާޑަކީ ސެކިއުރިޓީ ގިނަ ފީޗާތަކެއް ހިމެނޭނެ ކާޑެކެވެ. ޑިޖިޓަލް އައިޑެންޓިޓީ ކާޑް ތަޢާރަފްކުރަނީ، މިއާއެކު އަލަށް ތަޢާރަފްކުރާ އީފާސް އެޕްލިކޭޝަން މެދުވެރިކޮށެވެ.

ޑިޖިޓަލް އައިޑީކާޑު ފަރުމާކޮށްފައިވަނީ ދިވެހި އަދި އިނގިރޭސި ބަހުން ފެންނަގޮތަށެވެ. ނަމަވެސް ކުރިއަށް އޮތްތާނުގައި އެކާޑެއް ހަދާފައިވާ ބަހަކުން ފެންނާނެގޮތް ވާނެކަމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން