އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުޢިއްޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާކަން އިއުލާންކުރަށްވައިފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރަައިމަރީގަައި ރައީސް ނަޝީދާ ވާދަކުރަށްވައި ރައީސް ސާލިޙު ވަނީ އެޕާޓީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރަށްވާފައެވެ. ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު މިރޭ ވިދާޅުވީ އެމް.ޑީ.ޕީ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވެވި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއެކީ އެމް.ޑީ.ޕީއަށް ރިޔާސީ އިންތިޚާބް ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.



އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ތެރޭގައި މެމްބަރ މުއިއްޒު ވަނީ ރައީސް ނަޝީދަށް ތާއީދުކުރައްވާ ކެމްޕެއިން ވެސް ކުރަށްވާފައެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވި ޖަލްސާއަށް ވަޑައިގެންނެވި ރައީސް ނަޝީދު ފެކްޝަންގެ މަދު މެމްބަރުންގެ ތެރޭގައި މެމްބަރ މުއިއްޒު ހިމެނިވަޑައިގަންނަވައެވެ.

އެމްޑީޕީގެ ތެރޭގައި ރައީސް ޞާލިހާއި ރައީސް ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންގެ މެދުގައި މިހާރު ވަނީ ފެކްޝަން އުފެދި ޕާޓީ ދެބަޔަކަށް ބެހިފައެވެ. ޕްރައިމަރީ އިން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑަަައިގަތުމުން "ފިކުރެއްގެ ދިރުން" ނަމުގައި ހަރަކާތެއް ރައީސް ނަޝީދު މިހާރު ވަނީ ފައްޓަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން