ތުރުކީއާއި، ސީރިޔާ އަދި ލުބާނާނަށް އިއްޔެ އައި ބިން ހެލުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހަމްދަރުދީ ފާޅުކުރައްވައި މެސެޖެއް ފޮނުއްވައިފިއެވެ.

ތުރުކީއާއި، ސީރިޔާ އަދި ލުބާނާނަށް އިއްޔެ އައި ބިންހެލުމުގައި 4000 ގާތްކުރާ އަދަދަކަށް މީހުން ވަނީ މަރުވެފައެވެ.

މި ބިން ހެލުމާއި ގުޅިގެން ގާސިމް ފޮނުއްވި މެސެޖުގައި މި ހާދިސާގެ އަސަރުކުރި ފަރާތްތަކަށް ވަނީ ހަމްދަރުދީ ފޮނުއްވާފައެވެ. އަދި ގާސިމް ވަނީ ހާދިސާގައި މަރުވި މީހުންގެ ފުރާނައަށް ހެޔޮރަހުމަތް ލެއްވުން އެދި ދުއާ ކުރަށްވާފައެވެ.



ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާގޮތުން މި ބިންހެލުމުގައި ތުރުކީ ވިލާތުން 2900 އަށްވުރެެއް ގިނަ މީހުން މަރުވެފައިވާއިރު، 15،800 އަށްވުރެއް ގިނަ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި އަވަށްޓެރި ސީރިއާއިން 1400 އަށްވުރެެއް ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ބާރުގަދަ ބިންހެލުމާއެކު މުޅި ދުވަހު ވެސް ސިލްސިލާ އަފްޓާޝޮކްތަކުން މުޅި އެސަރަހައްދު ވަނީ ގުގުމާލާފަ އެވެ. އެގޮތުން އާފްޓާޝޮކްގެ ގޮތުގައި އެރި އެންމެ ބޮޑު ބިންހެލުން އަރާފައިވަނީ ރެކްޓަމިންގަނޑުން 7.5 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އެއީ ފުރަތަމަ ބިންހެލުން އެރިތާ ގާތްގަނޑަކަށް ނުވަ ގަޑިއިރު ފަހުން ކަމަށް އެމެރިކާގެ ޖިއޯލޮޖިކަލް ސާވޭއިން ބުނެއެވެ.

ބޯޑަރު ހިއްސާކުރާ ދެ ގައުމުކަމަށްވާ ތުރުކީއާއި ސީރިއާގެ ބައެއް ސަރަހައްދުތަކަށް އައި ބިން ހެލުމުގެ ބާރުމިނުގައި 7.8 މެގްނިޓިއުޑް ހުރިއިރު، 1999 ވަނަ އަހަރު އެ ގައުމަށް އައި ބިން ހެލުމަށްފަހު އެންމެ ގިނަ ބަޔަކު މަރުވި ބިން ހެލުމެވެ. 1999 ވަނަ އަހަރު ތުރުކީއަށް އައި ބިން ހެލުމެއްގައި 17,000 މީހުން މަރުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން