މާލޭގެ ޗާނދަނީ މަގުގައި ހުންނަ ޖަލާލުއްދީން މިސްކިތަށް ނަމާދަށްދާ ކުޑަކުއްޖަކަށް މިސްކިތުގައި ޖިންސީ ގޯނާކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.
އެމީހާ ހައްޔަރު ކޮށްފައިވަނީ މިސްކިތުގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރަނިކޮށް މިސްކިތަށްދިޔަ ބަޔަކަށް ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެނެވެ. އަދި އެމީހާ އެކުއްޖާއަށް އޭގެ ކުރިންވެސް ތަކުރާރުކޮށް ގޯނާ ކުރާކަމަށް އެކުއްޖާ ފަހުން ކިޔައިދީފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ފުލުހުން ކަނޑައަޅާ ތަނެއްގައި 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައެއްކަމުން މި މައްސަލައިގެ ތަފުސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު