ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ސަރުކާރު ކުންފުނިތަކާއި ޕްރައިވެޓް ކަލެކްޓަރުން އަތުން ނަގާ ފީ ބޮޑުކޮށްފިއެވެ.
ވެމްކޯއިން އިއްޔެ ބުނެފައިވަނީ އެކުންފުނިން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކުގެ އަގުތަކަށް މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ބަދަލު ގެނައުމަށް ނިންމާފައި ވީނަމަވެސް ގޭބީސީތަކުންނާއި، ވިޔަފާރިތަކާއި ކޮމާޝަލް ތަންތަނުން އަދި ކޯލް އެންޑް ޕިކަޕްގެ (ކެޕްސް) ޚިދުމަތުގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެކަމަށެވެ.
އެގޮތުން މިހާރުވެސް ގޭބިސީތަކުން ކުނި ނަގާނީ މަހަކު 150 ރުފިޔާ އަށެވެ. އަދި ވިޔަފާރިތަކާއި ކޮމާޝަލް ތަންތަނަށް ލީޓަރަކަށް ޗާޖުކުރާނީ 27 ލާރި އެވެ. އޭގެ އިތުރުން ކޯލް އެންޑް ޕިކަޕް ސާވިސްއަށް ޓަނަކަށް 330 ރުފިޔާ ނަގާނެއެވެ.
މީގެ ކުރިން ވެމްކޯއިން ސަރުކާރު ކުންފުނިތަކުގެ ކުނި އުކައިދެނީ ކޮންމެ ޓަނަކަށް 212 ރުފިޔާއަށެވެ. އަދި ޕްރައިވެޓް ކަލެކްޓާސްގެ އަތުން ނެގީ 750 ރުފިޔާ އެވެ. ނަމަވެސް މިހާރު ހަމަޖައްސާފައިވަނީ ކޮންމެ ބަޔެއްގެ އަތުންވެސް ޓަނަކަށް 2660 ރުފިޔާ ނެގުމަށެވެ. ހަމަ އެއާއެކު ވެމްކޯއިން ވަނީ ޓްރާންސްފާ ސްޓޭޝަންތަކަށް ގެންދާ ކުނި އުކައިދޭން ނަގާ އަގު ވެސް 212 ރުފިޔާ އިން 1060 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ވެމްކޯއިން ބުނީ އަގަށް ބަދަލު ގެންނަން ޖެހުނީ މާލެ ސަރަހައްދުގައި ފޯރުކޮށްދޭ ޚިދުމަތް ދެމެހެއްޓެނިވި އުސޫލަކުން ކުރިއަށް ގެންދިޔުމަށްކަމަށެވެ. މާލެ ސަރަޙައްދުގައި ވެމްކޯއަށް ފީދައްކަންޖެހޭ 53،690 ގޭބިސީ ހުރިނަމަވެސް ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީކޮށްގެން ބަރާބަރަށް ފީ ދައްކަމުން އަންނަނީ ގާތްގަނޑަކަށް 20،000 ގޭބިސީން ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު