ދައުލަތަށް މިއަަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 3.5 ބިލިއަން ރުފިޔާއަށް އަރާއިރު، އޭގެތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބީޕީޓީން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 4.1 ބިލިއަން ރުފިޔާއެވެ. އޭގެތެރެއިން 3.5 ބިލިއަން ރުފިޔާއަކީ ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.

ޓެކުހުގެ ގޮތުގައި ލިބިފައިވާ 3.5 ބިލިއަން ރުފިޔާގެ ތެރެއިން ޓީޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ އަދި އާންމު މުދަލާއި ޚިދުމަތުން ނަގާ ޓެކުހުގެ ގޮތުގައި 410.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އިމްޕޯޓް ޑިއުޓީގެ ގޮތުގައި 310.7 މިލިއަން ރުފިޔާ ލިބިފައިވާއިރު ބީޕީޓީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

އެހެން ޓެކްސްތަކަށް ބަލާއިރު، ގްރީން ޓެކްސްގެ ގޮތުގައި 102.9 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި 89.6 މިލިއަން ރުފިޔާ

ލިބިފައިވެއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 639.8 މިލިއަން ރުފިޔާ ލިބިފައިވާއިރު އޭގެތެރޭގައި އެކިއެކި ފީ އާއި ޗާޖުގެ ގޮތުގައި ލިބިފައިވާ 249.9 މިލިއަން ރުފިޔާ ހިމެނޭ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން