ރަމަޟާންމަހަށް އެހީތެރިކަމަށް ބޭނުންވެފައިވާ 300 އާއިލާ އަށް އެހީތެރިވުމުގެ ފުރުސަތު މަމްސް ޖަމިއްޔާއިން ހުޅުވާލައިފިއެވެ.
މަމްސް ޖަމިއްޔާއިން ބުނީ ރަމަޟާން މަހަށް އެހީތެރިކަމަށް ބޭނުންވާ 300 އާއިލާއިން އެކަމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
މަމްސް ޖަމިއްޔާއިން ބުނީ މިއާއިލާތަކުގެ ތެރޭގައި އެކަނިވެރި މަންމައިންނާއި ބަފައިންނާއި، ހާއްސައެހީއަށް ބޭނުންވާ ކުދިންނާއި، ޔަތީމް ކުދިންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ ފަރާތްތައް ހިމެނޭ ކަމަށެވެ.
ނިކަމެތި ޢާއިލާތަކަށް އެހީތެރިވުމަށް މަމްސް އިން ވަނީ 4 ޕެކޭޖެއް އެކުލަވާލާފައެވެ. އެއީ ތިން ދުވަހުގެ ރޯދަ ވީއްލުމަށް 300 ރުފިޔާ ފަސް ދުވަހުގެ ރޯދަ ވީއްލުމަށް 500 ރުފިޔާ ތިން މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުމަށް 1000 ރުފިޔާ އަދި ފަސް މެމްބަރުން ހިމެނޭ އާއިލާތަކަށް ރޯދަ މަހު ކާބޯތަކެތި ފޯރުކޮށްދިނުން 1500 ރުފިޔާއެވެ.
އަންހެނުންނާއި ކުޑަކުދިންނާއި ބޭނުންޖެހިފައިވާ ފަރާތްތަކުގެ ހައްގުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މަމްސް ޖަމިއްޔާއިން އެދިފައިވަނީ ނިކަމެތިންނަށް ރަމަޟާންމަހު އެހީތެރިވެދެއްވުމަށް ބޭނުންވާ ފަރާތްތަކުން އެޖަމިއްޔާގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރަމުން ގެންދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު