ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މޯލްޑިވްސް މެރިން އެކްސްޕޯއަށް ޒިޔާރަތްކުރައްވައިފިއެވެ.

150 އަށްވުރެ އެގްޒިބިޓަރުންނާއެކު މިއަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ ފެށީ މިމަހުގެ 15 ވަނަ ދުވަހުއެވެ. މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއަހަރުގެ އެކްސްޕޯ ހުޅުމާލޭގައި ކުރިއަށްދާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ހަވީރު ވަނީ އެކްސްޕޯއަށް ޒިޔާރަތްކުރައްވާފައެވެ.

މެރިން އެކްސްޕޯއަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެތަނުގައި ހުރި ސްޓޯލްތަކަށް ޒިޔާރަތްކޮށް، އެތަންތަނުން މައުލޫމާތު އޮޅުންފިލުއްވެވިއެވެ.



މިއަހަރުގެ މެރިން އެކްސްޕޯގައި 100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވާއިރު 160 އަށްވުރެ ގިނަ ސްޓޯލްތައް ހުންނާނެއެވެ.

މެރިން އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ބޯޓިން ސިނާޢަތުގައި ހުރިހާ ސްޓޭކް ހޯލްޑަރުންނާއި އެއްތަނަކުން ބައްދަލުވެ، އެސިނާޢަތުގެ ވިޔަފާރި އިތުރަށް މާކެޓްކުރެވޭނެ ފުރުޞަތު ފަހިކޮށްދިނުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން