އަނިޔާވެެރިގޮތަކަށް ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލިކަން ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދުގެ މައްޗަށް ސާބިތުވެއްޖެއެވެ.
ޢުމުރުން 59 އަހަރުގެ ގާސިމް މަރާލާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެރޭ ޓެކްސީ ދަތުރެެއް ކޮށްދެނިކޮށް ހުޅުމާލޭގައި އޭނާއަށް ދިން ޙަމަލާއެއްގައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ އަދުހަމު ހައްޔަރުކޮށްފައިވަނީ، އޭގެ ދެ ހަފްތާ ފަހުންނެވެ.
އަދުހަމްގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ.
މި މައްސަލައިގައި މިއަދު ހުކުން އިއްވަމުން ގާޒީ ވިދާޅުވީ ހަމަލާދިން ވަގުތު އަދުހަމް ހުރީ މަސްތުވެގެން ކަމަށް އަދުހަމް ބުނެފައި ވިޔަސް، އަދުހަމް އެވަގުތު ހުރީ އޭނާ ކުރާ އަމަލުގެ ނަތީޖާ ނުވިސްނޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ. އަދި މަސައްކަތްކުރީ ފޭރެން ކަމަށްވާތީ އޭނާ ހުރީ ކަންކަން ވިސްނޭ ހާލަތެއްގައިކަން އެނގޭ ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ މީހެއްގެ ކިބައިން ދިރިހުރުމުގެ ހައްގު އަތުލެވޭނީ ކޯޓަކުން ކުރާ ހުކުމަކުން ކަމަށާއި ގާސިމްގެ މައްޗަށް އެފަދަ ހުކުމެއް ނެތުމުން އޭނާ މަރާލީ އެއްވެސް ހައްގަކާނުލައި ކަމަށް ގާޒީ ނަދީމް ވިދާޅުވިއެވެ. އަދި އެ އަމަލު ހިންގީ އަދުހަމްގެ ފުރިހަމަ އިހްތިޔާރުގައި ކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ މީހުން ދިރިނޫޅޭ ހިސާބެއްގައި ހިނގި އެ ހާދިސާއަށް ފަހު ގާސިމަށް އެހީތެރިވުމަށް އަދުހަމް މަސައްކަތް ކުރިނަމަ، އޭނާގެ ކިބައިގައި މެރުމުގެ ގަސްދު ނެތް ކަމަށް ބެލެވުނީސް ކަމަށެވެ. ނަމަވެސް އޭނާއަށް އެހީތެރިނުވެ އަދުހަމް ދިއުމުން ގާސިމް ހަސަން މަރާލުމުގެ ގަސްދު އަދުހަމް މުހައްމަދުގެ ކިބައިގައި އޮތްކަން ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ.
އަދުހަމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމިޔަސް، އޭނާއަށް އަދަބު ކަނޑައަޅާނީ ގާސިމްގެ ވާރިސުންގެ ބަސް ހޯދުމަށްފަހުއެވެ. ދައުލަތުން ބުނިގޮތުގައި ވާރިސުންގެ ގޮތުގައި 5 މީހަކު އެބަތިއްބެވެ.
ގާސިމަކީ އދ. މާމިގިއްޔަށް އުފަން މީހެކެެވެ. އަދި ގާސިމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ އާއިލީ މީހެއް ވެސްމެއެވެ. ގާސިމް ނިޔާވިއިރު އަންބަކާއި ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އެއީ ހަތަރު ފިރިހެން ދަރިންނާއި އަންހެން ދަރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު