ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމަށް ސަރުކާރުން މަޝްވަރާކުރަމުންދާކަމަށް ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންގެ ޖަމުއިއްޔާ، ހިޔާ ރައްޔިތުންގެ ގުޅުމުން ބުނެފިއެވެ.
"ހިޔާ ރައްޔިތުންގެ ގުޅުން" ޖަމުއިއްޔާއިން މިއަދު ވަނީ ރައީސް އޮފީޙުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.
އެ ޖަމުއިއްޔާގެ އިސް މެމްބަރެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ރައީސާއެކު ބޭއްވި ބައްދަލުވުމުގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހެޅީ ކުލި ބޮޑުވުމުގެ މައްސަލަކަމަށެވެ.
އެ ޖަމުއިއްުޔާއިން ބުނީ ހިޔާ ފްލެޓްގެ ކުލި ކުޑަކުރުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާ ކުރާނެކަމަށް ރައީސް ސާލިހު ވިދާޅުވިކަމަށާއި އަދި ކުލި ކުޑަކުރެވިދާނެ ގޮތްތަކެއްވެސް ރައީސް ހުށަހެޅުއްވިކަމަށެވެ.
"ހިޔާ ރައްޔިތުންގެ ގުޅުން" ޖަމުއިއްޔާއިން ބުނީ ކުލި ކުޑަކުރެވެން ހުރި ގޮތްތަކާއި ބެހޭގޮތުން ކަމާއިބެހޭ ފަރާތްތަކާއެކު ރައީސް މަޝްވަރާކުރުމަށްފަހު އެ ޖަމުއިއްޔާއެކު ބައްދަލުކޮށް ގޮތެއް ނިންމަވާނެކަމަށް ވިދާޅުވިކަމަށެވެ.
ހިޔާ ފްލެޓްގެ ކުއްޔަކީ 8500 ރުފިޔާއެވެ. ނަމަވެސް އެ ކުލި ކުޑަކޮށްދޭން ހިޔާގައި އުޅޭ ފަރާްތްތަކުން ތަކުރާރުކޮށް ވަނީ އެދިފައެވެ. ނަމަވެސް ސަރުކާރުން ކުރިން ބުނެފައިވަނީ ހިޔާ ފްލެޓްގެ ކުލި ކުޑަކޮށްދެވެން ނެތްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު