މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރޯދަ އިނާޔަތުގެ އިތުރުން ހާއްސަ އެލެވެންސްގެ ގޮތުގައި 2000 ރުފިޔާ ކޮންމެ މުވައްޒަފަކަށް ދޭން ނިންމައިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްއޭސީއެލުން މުވައްޒަފުންނަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ މި އަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ މުސްލިމު މުވައްޒަފަކަށް 3،000 ރުފިޔާ މިއަދު ޖަމާކޮށްދޭނެ ކަމަށެވެ.

އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ގޮތުން މުވައްޒަފުންގެ ފަރާތުން ރޯދަ މަހުގައި އެ ކުންފުނީގެ މަސައްކަތަށް ބޭނުންވާ އަހައްމިއްޔަތު ފާހަގަކޮށް، މި މަހާ ގުޅުވައިގެން ހަދިޔާގެ ގޮތުގައި އިތުރު 2،000 ރުފިޔާ ދިިނުމަށް ނިންމާފައިވާ ކަމަށާއި ރޯދަ އިނާޔަތާ އެކު މި ފައިސާވެސް ޖަމާކޮށްދޭނެ ކަމަށް އެމްއޭސީއެލުގެ ސާކިއުލާގައިވެ އެވެ.

ވަޒީފާ އާ ބެހޭ ގާނޫނު ބުނާގޮތުން ރާއްޖޭގައި މަސައްކަތް ކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރޯދަ މަސް ފެށުމުގެ ކުރިން އިނާޔަތުގެ ގޮތުގައި މަދުވެގެން 3،000 ރުފިޔާ ދޭންޖެހެއެެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މާޗް މަހުގެ 23 ވަނަ ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު