މިހާރުވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާ ކޯލިޝަން އޮތީ ރިޔާސީ ރޭހުގެ ކުރީގައި ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދު ﷲ ވިދާޅުވެއްޖެ އެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހާއެކު އަދާލަތު ޕާޓީއާއި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ވަނީ ކޯލިޝަން ހަދާފައެވެ. ރައީސް އިއްޔެ ވަނީ އާ ކޯލިޝަން ޕާޓީތަކުގެ ލީޑަރުންނާއި ބަައްދަލުކުރަށްވާފައެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ މިހާރު ވެސް ރައީސް ސޯލިހުގެ އާ ކޯލިޝަން އޮތީ ރޭހުގެ ކުރީގައި ކަމަށެވެ. އެގޮތުން ރައީސް ސޯލިހާއެކު މިހާރު ވެސް އިތުރު ދެ ޕާޓީއެއް އެބައޮތް ކަމަށް އިމްރާން ވިދާޅުވިއެވެ.
"އެހެން ބޭފުޅުން އަދި ކެންޑިޑޭޓަކާ ބެހޭ މަޝްވަރާތަކުގައި." ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
މުލީއާގޭގައި އިއްޔެ ބޭއްވި އާ ކޯލިޝަންގެ ބައްދަލުވުމާއި ގުޅިގެން ރައީސް ސާލިޙު ވިދާޅުވީ، ކޯލިޝަންގެ އަމާޒަކީ އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ. އަދާލަތު ޕާޓީ އާއި އެމްޑީއޭއާއެކު އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުން. އެކަމުގެ ވަރަށް ބޮޑު އުންމީދެއް އަދި ޔަގީންކަން އެބައޮތް،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިޙު ވިދާޅުވި އެވެ.

Maaiy Allah ge rahumathaa eku mihaaruves alhugadumen mi thibee reyhuge kureega.
— Imran Abdulla (@ShimranAb) March 21, 2023
Raees @ibusolih aa eku ithuru 2 party.
Ehen beyfulhun adhi candidate akaa behey mashvaraa thakuga. pic.twitter.com/4kTJ4cDRNv
"އެހެން ބޭފުޅުން އަދި ކެންޑިޑޭޓަކާ ބެހޭ މަޝްވަރާތަކުގައި." ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
މުލީއާގޭގައި އިއްޔެ ބޭއްވި އާ ކޯލިޝަންގެ ބައްދަލުވުމާއި ގުޅިގެން ރައީސް ސާލިޙު ވިދާޅުވީ، ކޯލިޝަންގެ އަމާޒަކީ އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ކަމަށެވެ. އަދާލަތު ޕާޓީ އާއި އެމްޑީއޭއާއެކު އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުން. އެކަމުގެ ވަރަށް ބޮޑު އުންމީދެއް އަދި ޔަގީންކަން އެބައޮތް،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިޙު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު