ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ހުންނެވީ ޗުއްޓީގައި ނޫން ކަމަށާއި މިވަގުތު ހުންނެވީ މަޖިލިސް ތަމްސީލު ކުރެއްވުމަށް ރާއްޖެއިން ބޭރުގައި ކަމަށް އެކަމަނާ މިއަދު ވިދާޅުވެއްޖެ އެވެ.

އީވާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބު ރައީސް އީވާ އަބްދުﷲ އެއްވަގުތެއްގައި ޗުއްޓީއަށް ވަޑައިގެންފައިވާ ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓްކުރުމާއި ގުޅިގެންނެެވެ. މަޖިިލީހުގެ ނާއިބް ރައީސް އީވާ އަބުދު ﷲ ވިދާޅުވީ އެކަމަނާ މިވަގުތު ހުންނެވީ ޗުއްޓީގައި ނޫން ކަމަށާއި ރާއްޖެއިން ބޭރުގައި މިވަގުތު ހުންނެވީ މަޖިލިސް ތަމްސީލް ކުރެއްވުމުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އެއީ ކޮރަޕްޝަން، މާލީ އެހީ ލޯނުތައް ލީވަރ ކުރުމަށް ގުޑް ގަވަރނަންސްގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރުމުގެ ބައްދަލުވުމެއް ކަމަށް އީވާ ވިދާޅުވިއެވެެ.

މިރޯދަ މަސް ފެށުނު ފަހުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ރައީސް ނެތް ހާލަތެއްގައި، ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ ނައިބު ރައީސެވެ. ނަމަވެސް ދެ ބޭފުޅުން ވެސް ޗުއްޓީގައި ތިއްބެވުމުގެ ސަބަބުން މި ހަފްތާގެ ހުރިހާ ޖަލްސާއެއްގައި ވެސް ރިޔާސަތު ބެލެހެއްޓެވީ އަފީފު ކަން ފާހަގަކޮށްލެވެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން