އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން ވަކިކުރީ އެމްޑީޕީގެ ޕީޖީ ގްރޫޕުންވެސް އެދިގެންކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ވަނީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުން މުހައްމަދު ޝިފާޒު ވަކިކުރައްވާފައެވެ. ޝިފާޒު ވަކިކުރައްވާފައި މިވަނީ އޭނާ ރައީސް ސާލީހާއި ދެކޮޅަށް މަސައްކަތްކުރާ ފިކުރެއްގެ ދިރުމާއެކު މަސައްކަތްކުރާތާ ދުވަސްގަނޑެއް ވެފައިވަނިކޮށެވެ.

ޝިފާޒު ވަކިކުރުމުން ބައެއް ފަރާތްތަކުން ވަނީ ޝިފާޒަކީ އެމްޑީޕީއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށާއި، އެހެންކަމުން މަގާމުން ވަކިކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށް ސިފަކޮށް ވާހާކަ ދައްކާފައެވެ.

ޝިފާޒު މަގާމުން ވަކިކުރުމުން އެކަމަށް ފާޑު ކިޔާ މީހުންނަށް ރައްދު ދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ސިޔާސީ މަގާމެއްގައި ހުންނަވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް މަސައްކަތް ކުރާއިރުވެސް އޭނާއަކީ ވެރިކަން ހޯދަން މަސައްކަތް ކުރި މީހެއްކަމަށް ބަލައިގެން މަގާމުގައި ބެހެއްޓުމަކީ ބުއްދި ގަބޫލު ކުރެވޭކަމެއް ނޫންކަމަށެވެ.



ރޮޒައިނާ ވިދާޅުވީ ޝިފާޒު ވަކިކުރަން ރައީސުލްޖުމްހުރިއްޔާ ނިންމެވި ނިންމެވުމަކީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެވެސް އެދުމެއްކަމަށެވެ.

ޝިފާޒް މަޤާމުން ވަކިކުރައްވާފައިވާއިރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ހުސައިން އަމްރު ވެސް ވަނީ މަޤާމުން ވަކިކުރައްވާފައެވެ. އޭނާއަކީވެސް ރައީސް ނަޝީދު ހިންގަވާ ފިކުރެއްގެ ދިރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން