އެމްޑީޕީގެ އާއްމު މެންބަރުންގެ އަޣުލަބިއްޔަތާއި ދެކޮޅު ހެދޭނެ އެއްވެސް ބޭފުޅަކު އެމްޑީޕީގައި ނުހުންނާނެކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

ޝިފާއު ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕުގެ މައްސޫލިއްޔަތަކީ ޕާޓީގެ އާއްމު މެމްބަރުން ކަނޑައެޅި ރިޔާސީ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުކޮށްދޭން މަސައްކަތް ކުރުންކަމަށެވެ. އަދި އެމްޑީޕީގެ އާއްމު މެންބަރުންގެ އަޣުލަބިއްޔަތާއި ދެކޮޅު ހެދޭނެ ލައިސަންސެއް އޮތް އެއްވެސް ބޭފުޅެއް އެމްޑީޕީއަކު ނުހުންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



އެމްޑީޕީގެ އާއްމު މެންބަރުންގެ އަޣުލަބިއްޔަތާއި ދެކޮޅު ހެދޭނެ އެއްވެސް ބޭފުޅަކު އެމްޑީޕީގައި ނުހުންނާނެކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ތެރެއިން ބައެއް ބޭފުޅުން ރައީސް ސާލިހުގެ ރިޔާސީ ކެނޑިޑަސީ ގަބޫލުކުރަން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރުގެ މަޤާމުތަކުގައި ތިބި އެފަދަ ބޭފުޅުން މަޤާމުތަކުން ވަކިކުރަމުންދާވެސް ވަގުތެއްގައެވެ.

އެގޮޮތުން އެސްްޓީއޯގެ މެނޭޖިންގ ޑިރެކްޓަރަކަށް ހުންނެވި ހުސައިން އަމްރާއި ރައީސް އޮފީޙުގެ މިނިސްޓަރަކަށް ހުންނެވި މުުހައްމަދު ޝިފާޒު ވަނީ އެ ބޭފުޅުންގެ އައްޔަންކޮށްފައިވާ މަޤާމުތަކުން ވަކިކުރައްވާފައެވެ. އެދެބޭފުޅުންނަކީވެސް ރައީސް ޞާލިހުގެ ކެނޑިޑެސީއާއި ދެކޮޅަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ދެބޭފުޅުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން