މިސަރުކާރުގެ ސިޔާސަތަކީ މަސްވެރިކަމުގެ ސިނާއަތް ވީއެންމެ ބޮޑަކަށް ތަރައްގީ ކުރުން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވީ ސަރުކާރުން ކުދި ވިޔަފާރިތައް ތަރައްގީ ކުރުމަށް އުފެއްދި އެސްޑީއެފްސީ މެދުވެރިކޮށް މަސްވެރިކަމާއި ގެސްޓް ހައުސްގެ ވިޔަފާރި ކުރިއެރުވުމަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އަމިއްލަ ފަރާތްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ އިތުރުން ބޭންކުތަކުން ދޫކުރާ ލޯނުގެ ވަކި ޕަސެންޓެއް މަސްވެރިކަމަށް ހާއްސަކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަސްވެރިކަން ތަރައްގީ ކުރުމަށް ދައުލަތުގެ މާލީ ވަސީލަތްތައް ހުރި އެންމެ މަތީ މިންވަރަށް އިންވެސްޓް ކުރަމުންދާ ކަމަށެވެ.
"މަސް ގަނޑުކޮށް ރައްކާކުރާ ގުދަން ބޮޑުކޮށް މަަސްގަންނަ ބޯޓް ފަހަރު ދަނީ އިތުރުކުރަމުން، ލޯނު ނަގައިގެން ސަރުކާރުން ދަނީ މަސްވެރިކަމަށް އިންވެސްޓް ކުރަމުން،" މަސްވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރަށްވައި ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ޝަރީފް ވިދާޅުވީ ބައެއް ސިޔާސީ ލީޑަރުން ދައްކާ "ހޮޅި" ވާހަކައިގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ.
ސަރުކާރުން އަންނަނީ މަސްވެރިކަން ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެެވެ. އޭގެތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމާއި ފްރީޒިން ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ.

Sarukaarun kudhi viyafaari tharaggee kurumah ufehdhi SDFC in ves masverikan kuri eruvumah adhi guesthouse tharaggee kurumah khassa kurevigen loan dhookurumuge siyaasatheh sarukaarun ekasha alaafa vey.Beah siyaasee leaderun e dhakkaa holhi vaahakaige evves asleh nei
— Ibrahim Shareef (@AdduShareef) March 30, 2023
"މަސް ގަނޑުކޮށް ރައްކާކުރާ ގުދަން ބޮޑުކޮށް މަަސްގަންނަ ބޯޓް ފަހަރު ދަނީ އިތުރުކުރަމުން، ލޯނު ނަގައިގެން ސަރުކާރުން ދަނީ މަސްވެރިކަމަށް އިންވެސްޓް ކުރަމުން،" މަސްވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރަށްވައި ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ޝަރީފް ވިދާޅުވީ ބައެއް ސިޔާސީ ލީޑަރުން ދައްކާ "ހޮޅި" ވާހަކައިގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ.
ސަރުކާރުން އަންނަނީ މަސްވެރިކަން ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެެވެ. އޭގެތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ގާއިމްކުރުމާއި ފްރީޒިން ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު