މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލޭގެ ރައްޔިތުންގެ ގެތައްވެސް ފަޅަން ފަށައިފާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށްވަދެ އެތަނުގައިހުރި ގުދަނުގެ ތަޅު ހަލާކުކޮށްލާ ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް މާލޭ ސިޓީކައުންސިލުން ގެންދިޔަ ކަމަށް ބުނާ މައްސަލައިގައެވެ. އެމައްސަލަ ޔޫތް މިނިސްޓްރީން މިހާރު ވަނީ ފުލުހުންނަށް ހުށައަޅާފައެެވެ.

އެކަމަށް އިޝާރަތް ކުރަށްވައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އިދިކޮޅު ޕީޕިއެމްގެ މެޖޯރިޓީ އޮތް މާލޭ ސިޓީކައުންސިލަކީ ދަންވަރު ވައްކަންކުރާ ކައުންސިލެއް ކަމަށެވެ. އަދި އެފަދަ ކައުންސިލެއް ނެތް ނަމަވެސް ރަނގަޅުކަމަށް ރޮޒައިނާ ވިދާޅުވިއެވެ.



"މިއީ އަޖައިބެއް ކަހަލަ ކަމެއްނު، މޭޔަރުވިޔަސް ބޮޑުވަރުމީ. ޔާމިންގެ ސަރުކާރުގައި ގޭގެ އަށް ވަދެ ބާލިސް ދޮށަށް ބަޑިލީ ގޮތަށް މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ ރައްޔިތުންގެ ގޭގެ ވެސް ފަޅަން ފަށައިފާނެ މިވަރުން ދަންޏާ،." ކުރީގެ ރައީސް ޔާމިންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ ގެއިން ޕެންޑްރައިވަކާއި ފިސްތޯލަ އެއް ފެނުނު މައްސަލައަށް އިޝާރަތްކުރަށްވަމުން ރޮޒައިނާ ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީގެ ބިމެއްގެ ތެރެއަށްވަދެ އެތަނުގައިހުރި އެއްޗެހި ގެންދިޔަ ކަމަށް ބުނާ މައްސަލައިގައި މާލެ ސިޓީ ކައުންސިލުން ބުނީ މާލެ ސިޓީ ކައުންސިލުން ޤާނޫނާއި ޤަވައިދާ ޚިލާފަށް އެެއްވެސް ކަމެެއް ނުކުރާނެކަމަށެވެ. ބިމުގެ ރަޖިސްޓްރީގެ ފޮޓޯއެއް ހިއްސާކޮށް، އެއީ ޔޫތް މިނިސްޓްރީގެ ބިމެއް ނޫންކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އަދި އެކަން ހިނގާދިޔަ ގޮތް ބެލުމަށްފަހު ވަރަށް އަވަހަށް އެމައުލޫމާތު ހާމަކުރާނެ ކަމަށް ސިޓީކައުންސިލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން