އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ "ފިކުރެއްގެ ދިރުމުގެ" ފެކްޝަން އެމްޑީޕީން ބޭރުކުރުމަށް ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއިލް އަހުމަދު (އިއްސެ) މިއަދު ގޮވާލައްވައިފިއެވެ.

ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު (އިއްސެ) މިއަދު ވިދާޅުވީ ވަކި ފަރުދެއްގެ މަސްލަހަތު އިސްކޮށް މެމްބަރުން އިންތިޚާބުކުރި ކިތަންމެ މަޤާމެއްގައި ތިބި ކިތަންމެ ބޭފުޅަކު އެމްޑީޕީން ބޭރުކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ ކުރީގެ ރައީސް އިބްރާއާއި ނާއިބް ރައީސް އަލްހާން ފަހުމީއާއި ކުރީގެ ޗެއާޕަސަން ރީކޯ މޫސާ މަނިކު ޕާޓީން ބޭރުކޮށްފަައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.



"މިއަދު އެ ގޮންޖަހަނީ މި ޕާޓީގެ އަގުލަބިއްޔަތު މެމްބަރުން ނިންމި ނިންމުމަށް. ފިޔަވަޅުއަޅައި ބޭރުކުރަން ގޮވާލަން." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ސާލިޙާ ދެކޮޅަށް ޕާޓީގެ ތެރެއިން ނަޝީދާއި އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުން މަސައްކަތް ކުރަށްވާތީ އެކަމަށް އިޝާރަތް ކުރަށްވަމުން އެމްޑީޕީގެ ޗެއަރޕާސަން އަދި މިހާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ޓެގް ކުރަށްވައި އިއްސެ ވިދާޅުވިއެވެ.

މީގެ އިތުރުން އިއްސެ ވަނީ އެމްޑީޕީގެ އަސާސީ ޤަވާއިދުގައިވާ އެމްޑީޕީ މެމްބަރުކަމުން ވަކިކުރެވޭ ޙާލަތްތައް ބަޔާންކޮށްފައިވާ ޞަފްހާވެސް އާންމުކުރަށްވާފައެވެ. އޭގައި ބުނެފައިވަނީ ޕާޓީގެ މެމްބަރަކު އެމްޑީޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވުން ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމަކީ ޕާޓީގެ މެމްބަރުކަމުން ވަކިކުރެވޭނެ ހާލަތެއް ކަމަށެވެ.

އަދި މެމްބަރުންގެ މަސްއޫލިއްޔަތުތައް ލިޔެފައިވާ ސަފްހާވެސް އޭނާ ވަނީ ހާމަކުރަށްވާފައެވެ. އޭގައި ބުނެފައިވާ ގޮތުން "ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމާއި، ވޯޓު ހޯދާދިނުމަށް މަސައްކަތްކުރުމާއި ވޯޓު ދިނުމަކީ" އެމްޑީޕީ މެމްބަރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމެކެވެ.

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް ވަނީ ރައީސް ނަޝީދާއި މެދު ފިޔަވަޅު އަޅަން ގަސްދުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ނަޝީދު އިސްވެ ހުންނަވައި އެ ޕާޓީ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ވަކި ފެކްޝަނެއް ހިންގަވަން ވަނީ ފައްޓަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން