މިދުވަސްވަރު ޖުމްހޫރީ ޕާޓީ ދޫކޮށް އެހެން ސިޔާސީ ފެކްޝަންތަކާއި ގުޅޭ ފަރާތްތަކުން ޕާޓީ ބަދުނާމުކުރުމުގެ ބަދަލުގައި، ހަގީގަތަށް ވާހަކަ ދެއްކެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިހެން ވިދާޅުވެފައި މިވަނީ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުން ސަރުކާރު ސިޔާސީ މަގާމުގެ ދިފާއުގައި ޕާޓީން އިސްތިއުފާދެއްވަމުންދާ ދަނޑިވަޅެއްގައެވެ.

ޖުމްހޫރީ ޕާޓީން ވަކިވި މެމްބަރުންގެ ތެރޭގައި ހިމެނެނީ ވަޒީރުންނާއި ނާއިބު ވަޒީރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިންނާއި އަދި ބައެއް ގައުމުތަކަށް އައްޔަންކޮށްފައިވާ ސަފީރުންނެވެ.

ޖުމްހޫރީ ޕާޓީން އިސްތިއުފާދެއްވި ބޭފުޅުން އަދާކުރައްވަމުން ގެންދަވާ ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވަނީ ސަރުކާރު ކޯލިޝަންގެ ޕާޓްނަރެއްގެ ގޮތުން ގާސިމް އިބްރާހިމް އެކަމަށް އެދިވަޑައިގެންނެވުމުންނެވެ. ނަމަވެސް މިއަދު އޭގެތެރެއިން ބައެއް ބޭފުޅުން ޖޭޕީ ދޫކޮށްލަން ނިންމިކަން އިއުލާންކުރުމަށްފަހު ގާސިމާއި ޖުމްހޫރީ ޕާޓީއަށް ފާޑު ކިޔައި ވާހަކަދައްކާފައިވާކަން ފާހަގަކޮށްލެވެއެވެ.

ސިޔާސީ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބޭފުޅުންގެ ތެރެއިން ޖުމްހޫރީ ޕާޓީން

ވަކިވުމަށްފަހު ޕާޓީއަށް ފާޑު ކިޔާ ފަރާތްތަކަށް ގާސިމް އިބްރާހިމް ވަނީ ރަނގަޅު ނަސޭހަތެއް ދެއްވާފައެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި އެދިވަޑައިގެންނެވީ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް ބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ ކަމުގެ ހަޤީޤަތާއި އެއްގޮތަށް ވާހަކަ ދެއްކުމަށެވެ. އެގޮތުން ޕާޓީން ވަކިވާން ނިންމީ ވަޒީފާގެ ބޭނުމަށްޓަކައިކަމަށް އިއުލާންކުރެއްވުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ.

"ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއްބޭފުޅުން އެ ބޭފުޅުންގެ މަޤާމު ދިފާޢުކުރެއްވުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑަރޝިޕް ބަދުނާމު ނުކުރައްވާ، ކަމުގެ ހަޤީޤަތާއި އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން ޢިއްލާން ކުރެއްވުން ކީއްތޯ!؟" ގާސިމް ވިދާޅުވިއެވެ.



ޖުމްހޫރީ ސްލޮޓްތަކުގައި ސިޔާސި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ޕާޓީއަށާއި ގާސިމަށް ފާޑު ވިދާޅުވަމުން އިސްތިއުފާދެއްވިއިރު، އެ ބޭފުޅުންނަކީ ޖޭޕީގައި އުޅޭ ބައެއްކަންވެސް ގިނަ މީހުންނަށް ނޭނގޭ ކަމަށް އެޕާޓީގެ ބައެއް މެންބަރުން ވިދާޅުވެއެވެ. އެގޮތުން ބައެއް ބޭފުޅުންނަކީ ޖޭޕީގެ އޮފީހަށް މިދިޔަ 5 އަހަރު ތެރޭގައި ވަދެލިވެސް ބައެއް ނޫންކަމަށް ޖުމްހޫރީ ޕާޓީން ބުެނެެއެވެ.

ރައީސް ޞާލިހަށް ތާއީދު ކުރަށްވައި ޖޭޕީން ބައެއްް މެމްބަރުން އިސްތިއުފާ ދެއްވިއިރު، ޖޭޕީގެ މެމްބަރުން ސިޔާސީ މަގާމުތަކުން ވަކިކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. ނަމަވެސް ކޯލިޝަން އެއްބަސްވުމުގެ ދަށުން އެކަން އެގޮތަށް ނުކުރެވޭނެކަމަށް ގާސިމް އިބްރާހިމްވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން