ކެނޑިޑޭޓުންގެ ހާރިޖީ ސިޔާސަތުގައި އިންޑިއާއަށް އިސްކަންދޭ މިންވަރު ރައްޔިތުންނަށް އެނގެންޖެހޭކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ "އިންޑިޔާ ފަސްޓް" ނުވަތަ އިންޑިއާއަށް އިސްކަން ދިނުމުގެ ސިޔާސަތެއް ގެންގުޅުއްވާފައި ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ މިސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމުގައި މުހިއްމު ދައުރެއް އަދާކުރާ ގުޅުމެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ބައިވެރިޔާކަމަށެވެ.



ޝަރީފް ވިދާޅުވީ ރައީސް ސާލިހު ފިޔަވައި އެހެން އެއްވެސް ކެނޑިޑޭޓަކު އެ ބޭފުޅެއްގެ ހާރިޖީ ސިޔާސަތު ހާމަކޮށްފައިނުވާކާމަށެވެ.

ޝަރީފް ވިދާޅުވީ ޑިމޮކްރަސީއާއި އިގްތިސާދީގޮތުން އަދި ސަލާމަތީގޮތުން އިންޑިއާގެ ދައުރު މި ސަރަހައްދުގައި ބޮޑުކަމަށާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އޮތީ އެކަމާއި ގުޅިފައިކަމަށެވެ.

ޝަރީފް ވިދާޅުވީ މިކަންކަން މިހެން ހުރުމުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކެނޑިޑޭޓުންގެ ހާރިޖީ ސިޔާސަތު ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން