ދިވެހި ދައުލަތަށް އެންމެ ފައިދާ ބޮޑުވާނީ ރައީސް ސާލީހަށް 2 ދެވަނަ ދައުރެއް ދެއްވައިގެންކަމަށް މިނިސްްޓަރ އޮފް ޓޫރިޒަމް އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާނެކަން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މިނިސްޓަރ މައުސޫމް ރަސްމީކޮށް އިއުލާންކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. މީގެކުރިން ރައީސް ސާލިހަށް ތާއީދުކުރަން މިނިސްްޓަރ މައުސޫމް ނިންމަވާފައިވާކަމަށް ބުނެ ބައެއް ހަބަރުތައް ފެތުރުނެވެ.

ރައިސް ސާލިހަށް ތާއީދުކުރަށްވާކަން ރަސްމީކޮށް ހާމަކުރައްވަމުން މިނިސްްޓަރ މައުސޫމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބުމަކީ ރާއްޖެއާއި ދިވެހި ރައްޔިތުންނާއި ދިވެހިދައުލަތަށްވެސް އެންމެ ފައިދާ ބޮޑު ގޮތްކަމަށެވެ.



މައުސޫމް ވިދާޅުވީ އޭނާ ރައީސް ސާލިހަށް ތާއީދުކުރަން ނިންމީ އެއްވެސް ޝަރުތަކާއި ނުލައި ކަމަށެވެ.

މައުސޫމްގެ އިތުރުން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ އެހެން ބައެއް ވަޒީރުންނާއި ނާއިބު ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ސަފީރުންވެސް ވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާނެކަން ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން