ރައީސް އިބްރާހިމް މުޙައްމަދު ސާލިޙުގެ ސަރުކާރު ވައްޓާލަން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރެއްވިޔަސް މި ސަރުކާރު ވެއްޓެން ނެތް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާ ވާދަކުރަށްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށްފަހު އެމަނިކުފާނު ގެންދަވަނީ "ފިކުރެެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ ވަކި ފެކްޝަނެއް އުފައްދަވައި ސަރުކާރާއި ރައީސް ސާލިޙާ ދެކޮޅަށް މަސައްކަތް ކުރަށްވަމުންނެވެ. އެކަމާ ގުޅިގެން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރައީސް ސާލިޙުގެ ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގެން ރައީސް ނަޝީދު ވަރަށް ބޮޑަށް މަސައްކަތް ކުރަށްވާފައިވާ ކަމަށެވެ. އެގޮތުން އެންމެ ފަހުން އެމަނިކުފާނު ކުރަށްވަން ފެއްޓެވި ކަމަކީ އެމްޑީޕީ ބައިބައިކޮށް ސަރުކާރު ބަލިކަށި ކޮށްލުމުގެ މަސައްކަތް ކަމަށް ޝަރީފް ވިދާޅުވިއެވެ.



"އިރާދަފުޅާއެކު ސަރުކާރު ވައްޓައެއް ނުލެވުނު، ވެއްޓޭކަން ނުވެސް ނެތް،" އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން ރައީސް ސާލިޙުގެ ފެކްޝަނަށް ނިސްބަތްވެވަޑައިގަންނަވާ ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ "ފިކުރެއްގެ ދިރުން" ފެކްޝަން ހަދައިގެން ނަޝީދު މަސައްކަތް ކުރައްވަނީ ސަރުކާރު ވައްޓާލުމަށް ކަމަށެވެ. އަދި އެކަން ކާމިޔާބުވިޔަ ނުދެއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރައްޔިތުންގެ ހެވާ ލާބަޔަށް ރައީސް ސޯލިހް ކުރަށްވާ މަސައްކަތް ރައްޔިތުން ގަބޫލުކުރޭ، އެހެންވެގެން އިދިކޮޅުން ކުރާ މަސަައްކަތް ނާކާމިޔާބުވަނީ،" ޝަރީފް ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން