އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު ކަރަންޓުގެ ހިދުމަތްތަކަށް ބުރޫ އަރަމުންދާ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން މިއަދު ނެރުނު ނޫސްބަޔާނެެއްގައި ބުނެފައިވަނީ އަމީނީމަގުގެ މަސައްކަތް ހިނގަމުންދާ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތަށް ބުރޫ އަރާ ހާލަތްތަކުގައި ހިދުމަތް މެދުކެނޑޭ ސަރަހައްދުތަކަށް އަލުން ހިދުމަތް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ވަގުތުން ވަގުތަށް ކުރަމުން ގެންދާ ކަމަށެވެ. ކަރަންޓުގެ ހިދުމަތް މެދުކެނޑޭ މިފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ދިމާވާ އެންމެހާ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނީ މިފަދަ ކަންކަން ދިމާވިޔަ ނުދިނުމަށްޓަކާ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމަށެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އާރުޑީސީ އާއި ހަވާލުކޮށް އެމަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. މި މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ 84،414،546.83ރ. އަށެވެ. 210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެ ކުންފުންޏާއި ހަވާލުކުރި އަމީނީ މަގުގެ އިރުން ފެށިގެން ސްޓެލްކޯއާ ހަމައަށް މިހާރު ވަނީ ތާރު އަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން