ގާނޫނު އަސާސީގައި އަސާސީ ހައްގެއްގެ ގޮތުގައި ކަނޑައަޅާފައިވާ ފެނާ ނަރުދަމާ ނިޒާމް ރަށްރަށުގައި ގާއިމްކޮށްދީފައިނުވާތީ ކުރީގެ ސަރުކާރުތަކުގެ މައްޗަށް ދައުވާ ކުރެވެންޖެހޭ ކަމަށް އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު ރޭ ވިދާޅުވެއްޖެއެވެ.

"ރަސްއޮންލައިން" އަށް ރޭ ދެއްވި އެކްސްކުލޫސިވް އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގް ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ރައްޔިތުންނަށް ފެނާ ނަރުދަމާ ނިޒާމް ގާއިމްކޮށްދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ އަސާސީ ހައްގެއް ކަމަށެވެ. އެކަން ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވާއިރު، އެ ހައްގުން ރައްޔިތުން މަހުރޫމްކޮށް އެކަމަށް އިހުމާލުވެފައިވާތީ ކުރީގެ ސަރުކާރުތަކުގެ މައްޗަށް ދައުވާ ކުރަންޖެހޭ ކަމަށް ޝާހް ވިދާޅުވިއެވެ.



ޝާހް ވިދާޅުވީ އެންމެ މުހިންމު ކަމަކީ ރައްޔިތުން ގައިން ތާހިރުވެ ތިބުން ކަމަށެވެ. އަދި އެކަން ގަބޫލުފުޅު ކުރެއްވި ހަަމައެކަނި ވެރިއަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ކަމަށް ޝާހް ވިދާޅުވިއެވެ. އެމަނިކުފާނުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ކުޑަ ރަށެެއް ބޮޑު ރަށެއް ބެއްލެވުމެއް ނެތި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ނިޒާމް ގާއިމްކޮށް ނިމޭނެ ކަމަށް ޝާހް ވިދާޅުވިއެވެ.

"މިއީ އާދައިގެ ވާހަަކަ އެއް ނޫން، މިއީ އެތައް ޚަރަދެއް ހިގާކަމެއް އެތައް ސަރުކާރަކުން މިކަމަށް ވަނީ އިހުމާލުވެފައި، އަޅުގަނޑު ދަންނަވާނީ އެ ސަރުކާރުތަކުގެ މައްޗަށް މިމައްސަލައިގައި ދައުވާ ވެސް ކުރެވެންޖެހޭނެއޭ،" ސަރުކާރުގެ ފެނާ ނަރުދަމާގެ ގިނަ މަޝްރޫޢު ތަކެއް ކާމިޔާބު ކަމާއެކު ހިންގަމުން ގެންދާ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ޝާހް ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ އެތައް ސަރުކާރަކުން ނުކިށްދި ހުރި މިފަދަ އެތައް ކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކޮށްދެއްވައި ރައްޔިތުންނާ އިހުލާސްތެރި އޯގާތެރި ވެރިއަކަށްވާތީ ވެސް އެމަނިކުފާނަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން