ތައިލެންޑުން ވަގަށް ދޫނިތަކެއް ބޭރުކުރަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ދަ ނޭޝަން ތައިލެންޑް ނޫހުން ރިޕޯޓް ކޮށްފައިވަނީ، ހިމާޔަތްކޮށްފައިވާ 29 ދޫނި ވަގަށް ބޭރުކުރަން އުޅެނިކޮށް ދިވެހި ފިރިހެން މީހާ ހައްޔަރުކުރީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ މައި އެއާޕޯޓް ކަމަށްވާ ސޫވަނަބުމް އެއާޕޯޓުން ކަމަށެވެ.
އެގޮތުން ބެންކޮކް އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އަންނަން މިދިޔަ އަންގާރަ ދުވަހު ފުރަން އުޅެނިކޮށް އޭނާ ހައްޔަރުކޮށް ލަގެޖްތައް ޗެކްކުރިއިރު ބްލެކް ހޯކް އާއި ބަފީ ފިޝް އައުލް އަދި ބެއާޑް އީގަލް އައުލް ތަކެއް ފެނިފައިވާކަމަށް އެނޫހުގައިވެއެވެ. އެދޫނިތައް ބަންދުކޮށްފައި ހުރީ ލަގެޖުގައި ވަށިގަނޑުތަކަށް އަޅާފައެވެ.
އެދޫނިތަކުގެ އަގު 45،000 ރުފިޔާއަށް އަރާނެ ކަމަށް މަޢުލޫމާތުލިބެއެވެ. މި މައްސަލާގައި އަތުލައިގަތް ދޫނިތައް މިހާރުވަނީ ތައިލެންޑްގެ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕާކް، ވައިލްޑްލައިފް އަދި ޕްލާންޓް ކޮންސަވޭޝަން (ޑީއެންޕީ) އާ ޙަވާލުކޮށްފައެވެ.
ހައްޔަރުކުރި ދިވެހިމީހާގެ މައްސަލަ ތައިލޭންޑްގެ ފުލުހުން ތަޙުޤީޤުކުރަމުން ގެންދާއިރު، އޭނާ ބެންކޮކުގެ ކޯޓަކަށް ގެންދިއުމުން އެ ކޯޓުން ވަނީ 150،000 ބާތު ނެގުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.
މިދިޔަ މާރޗް މަހުވެސް ބެންކޮކުގެ ޑޮން މުއާންގް އެއާޕޯޓުން ވިހަ ބޮއްތަކަކާއި ފައިދިގުމަކުނުތަކެއްގެ އިތުރުން، ދޫނި ބިސްތަކެއް ރާއްޖެ ގެންނަން އުޅެނިކޮށް ތިން ދިވެއްސަކު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުންވެސް މިވަގުތު ތިބީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.
މި މައްސަލަތައް މި މީހުންގެ މައްޗަށް ސާބިތުވެއްޖެނަމަ މަދުވެގެން ދެ އަހަރުދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު