އަރަބިއްޔާ ސްކޫލުގެ އެއްވެސް ދަރިވަރަކީ ޓެރަރިސްޓެއް ކަމަށް ބުނެފައިނުވާނެ ކަމަށް އެސްކޫލުން ބުނެފި އެވެ.

އަރަބިއްޔާ ސްކޫލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ސުކޫލުގެ ޔުނީފޯމް އުސޫލާއި އެއްގޮތަށް ބައެއް ދަރިވަތުން ޔުނިފޯމް ބޭނުން ނުކުރާތީ ދޭތެރެ ދޭތެރެއިން އެފަދަ ދަރިވަރުންނާއި ބެލެނިވެރީންނަށް އެކަން ހަނދާންކޮށްދޭ ކަމަށާ އެކަން އެގޮތަށް ކުރި ނަމަވެސް އެއްވެސް ދަރިވަރަކަށް ބިރު ދައްކާފައިނުވާނެ ކަމަށެވެ. އަދި އެފަދަ އެއްވެސް ދަރިވަރަކު ސުކޫލަށް ނައިސް ނުުހުންނަ ކަމުގެ ޔަގީންކަން ދޭ ކަމަށް ބަޔާނުގައިވެއެެވެ.

"ސްކޫލުގެ އެއްވެސް މުވައްޒަފަކު، ދުވަހަކުވެސް، ދަރިވަރުންނަކީ ޓެރަރިސްޓުންނަށް ހަދާފައެއް ނުވާނެ.،ސްކޫލާ ގޫޅޭ ގޮތުން އެކިއެކި ގޮތްގޮތަށް ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރަމުންދާ މަދު ފަރާތްތަކުގެ ބޭނުމަކީ ފިތުނަފަސާދަ އުފެއްދުން." ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެފަދަ ދޮގު ވާހަކަތަކުގެ ސަބަބުން އަރަބިއްޔާ ބަދުނާމުވާ ކަމަށާއި މިއީ ބެލެނިވެރީންގެ ކަންބޮޑުވުން އޮތް ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ހަގީގަތާއި ހިލާފު މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އަރަބިއްޔާގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށް ވާތީ އަރަބިއްޔާއަށް އަންނާނެ މުދައްރިސުން ލިބުމުގެ ދަތިކަން ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް އެ ސުކޫލުން ނެރުނު ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން